ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ރުއްގަނޑު-3 ގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތައް ނެގުމަށްފަހު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަޝަން، އެޗްޑީސީން އެތަނުގައި ރީތި ކިއޮސްކްތައް ހަދަން ފަށައިފިއެވެ.
މި ސަރަހައްދުގައި ވަގުތީ ހަޓުތަކެއް ޖަހައިގެން އަމިއްލަ ގޮތުން ވިޔަފާރު ކުރަމުން ދިއުމާ ގުޅިގެން އާންމުންގެ އެތައް ބައެއްގެ ޝަކުވާތައް އެޗްޑީސީއަށް ލިބެމުން ދިޔައެވެ. އަދި އެހަޓުތައް ޖޫން 15 ގެ ކުރިން ނަގަން އެންގުމަށްފަހު، އެޗްޑީސީ އިން ވަނީ އެތަން ސާފު ކޮށްފަ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން މިހާރު އެޗްޑީސީ އިން އެތަނުގައި ރީތި ކިއޮސްކްތައް ހަދަން މިވަނީ ފަށާފައެވެ.
އެޗްޑީސީން ނިންމާފައި ވަނީ އެ ސަރަހައްދު ތަރައްގީ ކޮށްނިމުމުން، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލުމަށެވެ.
ހުޅުމާލޭގައި އުޅޭ ރައްޔިތުންނަށް ފައިދާ ހުރި އަދި ހިތްހަމަޖެހޭ ކަންތައްތަކަށް އަބަދުވެސް ހާއްސަ ސަމާލުކަމެއް އެޗްޑީސީން ދެއެވެ.

