ގަވާއިދާ ޙިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް މިހާރު ފަށާފައިވާ މަސައްކަތުގެ ދަށުން މިހާތަނަށް 93 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން މިހާތަނަށް ކުރަމުންދާ މަސައްކަތުގެ ދަށުން 93 ފަރާތެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މާލޭގެ އެކިއެކި ރީޓެއިލް ކުދި ފިހާރަތައް ފުޅާ ދާއިރާއެއްގައި ހިންގަމުންދާތީ ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތުގެ ދަށުން އެ ސައިޓްތަކަށް ގޮސް ފުލުހުންވަނީ ބިދޭސީން ހިފަހައްޓާފައެވެ.
ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ފަރާތްތަކާއި މެދު ވެސް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށާއި، އެ ފަރާތްތައް 50،000 އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަައިނާ ކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ. އަދި އެފަދަ ފަރާތްތަކުގެ ޕާސްޕޯޓު ވަކި މުއްދަތަކަށް ހިފެހެއްޓޭނެ ގޮތްވެސް ހެދިގެންދާނެކަން ވެސް އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

