"ވާހް….ފިރިހެނަކު ރީތިކޮށްލަދެނީ ހަގީގަތުގައިވެސް ނަލަ ތުނބުޅިއަކުން، ތުނބުޅި ނެތި އޮމާންކޮށްފައި ހުރުމުން އެއްވެސް އަސަރެއް ނުހުރޭ. ފިރިހެންވަންތަ ކަމަށް ދައްކަނީވެސް ކޮންމެވެސް ވަރެއްގެ ތުނބުޅިއެއް ހުރުމުން،"
ދިރާސާތަކުން ދައްކާ ގޮތުގައި ތުނބުޅި ބަހައްޓާ ފިރިހެނުން، އޮމާންކޮށް ޝޭވް ކުރާ ފިރިހެނުންނަށް ވުރެ މާބޮޑަށްވެސް ހަރުދަނާ ވެފައި ވިސްނުން ތޫނެވެ. އަދި ފިކުރު އަދި ހިޔާލުތައްވެސް ބުއްދިވެރިވެފައި ތަނަވަހެވެ.
އެހެންނަމަވެސް ތުނބުޅި ބެހެއްޓުމުގެ ވައްޓަފާޅިން މިކަންކަމުގެވެސް މިންގަނޑުތައް ހާމަވެ އެނގިިގެންދާނެ ކަމަށް ދިރާސާތައް ދައްކައެވެ. އެގޮތުން އެއްވެސް ގޮތެެއްނެތް ގޮތަކަށް ތުނބުޅި ބެހެއްޓުމަކީ އަދި ތުނބުޅިއާ އެއްވަރަށް ބޯ ދިގުކޮށްފައި ހުންނައިރު އެއްވެސް އުސޫލެއް ނެތް ގޮތަށް މީހާ ބޮލާއި ތުނބުޅި ގެންގުޅޭނަމަ އެމީހުންނަކީ ދިރިއުޅުމުގައި ފަރުވާކުޑަ ބައެއްކަމަށް މިފަދަ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
ގިނަ އަންހެނުންނަށް ފިރިހެނުން ރީތިވަނީ ހެޔޮވަރުގެ ނަލަ ތުނބުޅިއެއް ހުރުމުންނެވެ. މީހާގެ މޫނާ އެކަށީގެންވާ ވަރުގެ ތުނިކޮށް ހުންނަ ފްރެންޗް ބިއަޑްއަކީ އެންމެ ގިނައިން އަންހެނުންނަށް ކަމުދާ ކަމަށް ފާހަގަ ކުރެވިފައިވާ ޒާާތުގެ ތުނބުޅިތަކެވެ.

އަންހެނުން ގަބޫލު ކުރާ ގޮތުގައިފިރިހެންވަންތަ ކަމަށް ދައްކަނީވެސް ކޮންމެވެސް ވަރެއްގެ ތުނބުޅިއެއް ހުރުމުން،
މި މައުޟޫއަށް ލިޔުމަށް ފިކުރު ކުރެވުމުން އަޅުގަނޑުވެސް 20 އަހަރުވީ ޑައިރީގައި ހުރި ސުކޫލުދައުރުން ފެށިގެން ޓީޗަރަަކަށް އުޅުމާ ހަމައިން މިހާތަނަށްވެސް އެނގޭ ނަންބަރުތަކަކަށް ޑަޔަލް ކޮށް ދިރާސާއެއް ކޮށްލީމެވެ. އަޅުގަނޑުމެން 18 އާއި 25 އަހަރާ ދެމެދުގެ 100 އަންހެންކުދިންނާ އަދި 25 އާއި 50 އާ ދެމެދުގެ 200 ފަރާތަކަށް މެސެޖް މެދުވެރިކޮށް މިދިރާސާ ކުރީމެވެ. އެގޮތުން އަޅުގަނޑުމެންގެ ސުވާލުގައި ހިމެނެނީ ކްލީން ޝޭވް، މުޅިން އޮމާން މޫނު، ވަރުގަދަ ދިގު ތުނބުޅި، އަދި ފްރެންޗް ބިއަޑް ފަދަ ނަލަ ތުނބުޅި، މިތިން ބައެވެ. ނަތީޖާ ބައްލަވާލައްވާށެވެ.
18 އާއި 25 އަހަރާ ދެމެދުގެ 100 އަންހެންކުދިން
- ކްލީން ޝޭވް، މުޅިން އޮމާން މޫނު :32 އިން ސައްތަ
- ވަރުގަދަ ދިގު ތުނބުޅި : 28 އިން ސައްތަ
- ފްރެންޗް ބިއަޑް ފަދަ ނަލަ ތުނބުޅި : 40 އިން ސައްތަ
25 އާއި 50 އާ ދެމެދުގެ 200 އަންހެނުން
- ޝޭވް، މުޅިން އޮމާން މޫނު: 11 އިން ސައްތަ
- ވަރުގަދަ ދިގު ތުނބުޅި: 38 އިން ސައްތަ
- ފްރެންޗް ބިއަޑް ފަދަ ނަލަ ތުނބުޅި: 51 އިން ސައްތަ
ނަތީޖާތަކުން އެނގުނު ގޮތުގައި އުމުރާއެކު އަންހެނުންގެ ރުހުމަށްވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފައިވާ ކަން ފާހަގަވި ނަމަވެސް އެއް ކަމެއް ޔަގީނެވެ. ތުނބުޅިއެއް ނެތިއްޔާ އެހާ ދެން ކަމަކު ނުދާކަން ޔަގީނެވެ. އެހެނީ ކޮންމެވެސް ކަހަލަ ތުނބުޅިއެއް ނެތިއްޔާ އެހާ ކަމަކު ނުދޭ މިބަސް އިވުނުފަހަރުތައް ގިނަ ކަން ފާހަގަ ކުރެވުނެވެ.

ގިނަ އަންހެނުންނަށް ފިރިހެނުން ރީތިވަނީ ހެޔޮވަރުގެ ނަލަ ތުނބުޅިއެއް ހުރުމުންނެވެ.
ދުނިޔޭގެ ބޮޑެތި ދިރާސާތަކުން ދައްކާ ގޮތުގައި ތިމާގެ ޝަޚްޞިއްޔަތުގެ ވަރުގަދަކަން ވެސް އެމީހާގެ ތުނބުޅިން ހާމަކޮށްދޭ ކަމަކަށްވާތީވެ ފިރިހެނުން ތުނބުޅި ބަހައްޓަން ލޯބި ކުރެއެވެ. އަދި ބައެއް ފަހަރު އުމުރާއެކު ވެސް ތުނބުޅި އަކީ އާދައަަކަށް ވެދެއެވެ. އެހެން ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި ފުރިހަމަ ތުނބުޅި އަދި ނަލަ ތުނބުޅި ވިޔަސް ތުނބުޅި ލީ ފިރިހެނުން ބޭރުފުށުން ހަރުކަށިކޮށް ފެނުނު ނަމަވެސް އެމީހުންގެ ޒާތުގައި އެމީހުންނަކީ އިންތިހާއަށް އޯގާތެރި، އިތުބާރު ކުރެވޭ، ހިތްވަރުގަދަ، ޢިލްމީ، ބުރަ މަސައްކަތްތެރި، އަދި އަޒުމުގައި ވަރުގަދަ މީހުންނެވެ.
ކޮންމެެ ކަމެއްގައިވެސް ދެކޮޅު އޮންނަ ފަދައިން ތުނބުޅި ލާފައި ތިބޭ ފިރިހެނުންގެ ތެރެއިން މި ދެންނެވި ހުރިހާ ސިފަތަކާ އިދިކޮޅު މީހުންވެސް އުޅޭނެއެވެ، އެހެންނަމަވެސް ސަތޭކައިގެ ސައްތައަކުން ބަލާނަމަވެސް އެއަދަދު މަދުކަން ޔަގީނެވެ.
އިސްލާމްދީނުގައި ވެސް ތުނބުޅިއަށް ދީފައި އޮންނަ ގަދަރާ އެއްވަރަށް ސައިންސްގެ ހޯދުންތަކުން ބުނާ ބަސްތައްވެސް ބުރަވަނީ ތުނބުޅި ބެހެއްޓުމަށެވެ، ސަބަބަކީ ތުނބުޅި ބެހެއްޓުމުން ފިރިހެނުންގެ މޫނުގެ ނަލަކަން ހާމަކޮށްދިނުމުގެ އިތުރުން އެމީހުންގެ ޖިސްމާނީ ވަރުގަދަވުމުގައިވެސް ތުނބުޅީގެ ދައުރެއް އޮވެއެވެ.
ކޮންމެއަކަސް ތުނބުޅިލީ ފިރިހެނުންނަށް އަންހެނުން ޝައުގުވެރިވާ ސަބަބުތައް ގިނަ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

