މާލޭގައި 8 ގޭންގަކުން ހަރަކަތްތެރިވާ ކަމަށާއި، ގޭންގް ހަރަކާތް ހުއްޓުވުމަށް ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިހެން ވިދާޅުވީ ޕީއެސްމްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަމުންނެވެ. ފުލުހުން ވިދާޅުވީ ގޭންގު ކުށްތައް މަދުކުރުމަށް މި ހިނގާ ޖުލައިމަހުން ފެށިގެން މަސައްކަތް ފަށާފައިވާ ކަމަށާއި، ގޭންގު ކުށްތަކާ ދެކޮޅަށް ހާއްސަ ޑިޕާޓްމެންޓެއް ގާއިމް ކޮށްފައިވާ ކަމަށެވެ.
އެގޮތުން ގޭންގު ކުށްތައް މަދުކުރުމަށްޓަކައި ޚާއްސަ ވިންގެއް އުފައްދާފައިވާފައިވާ ކަމަށްވެސް ވަނީ ފާހަގަ ކޮށްފައެވެ. އަދި އެ ވިންގުގެ ދަށުން، އޮޕަރޭޝަނަލް ޓީމުތަކާއި އިންވެސްޓިގޭޝަނަލް ޓީމުތައް މަސައްކަތް ކުރަން ފެށުމުން ފަސޭހަ ތަކެއްވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މާލޭގައި އަށް ގޭންގެއް، އަދި އައްޑޫ ސިޓީގައި ހަ ގޭންގެއް ހަރަކާތްތެރިކޮށް އުޅޭ ކަމަށާއި، ބޮޑެތި ގޭންގްތަކުގައި ހަރަކާތްތެރިވާ ކުޑަކުދިންގެ އަދަދުތައްވެސް ގިނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުން ފާހަގަ ކުރެއްވީ ހާލަތަށް ބަލާއިރު މާލެ އާއި ހުޅުމާލެގައި ހަރަކާތްތެރި އަށް ގޭންގު އުޅޭ ކަމަށާއި، އަދި އަތޮޅުތަކަށް ބަލާއިރު އައްޑޫ ސިޓީގައި ހަ ގޭންގު އުޅޭކަން ފާހަގަ ވާ ކަމަށެވެ. އަދި މާލޭގެ މި ހަރަކާތްތެރިވާ ގުރޫޕްތަކުގެ ގޮފިތަކުގެ ގޮތުގައި ވެސް އަތޮޅުތަކުގައި ހަރަކާތްތެރިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

