ފިލާ ބިލްޑިންގްގެ ތިންވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ހާމަކޮށްފައިވާ ގޮތުގައި ފިލާ ބިލްޑިންގ ގެ ތިންވަނަ ފަންގިފިލާގެ ބެލްކަނީގައި ހުރި ކުނިތަކެއްގައި ރޯވިކަން ރޭ 04:41 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހަށްދަށް ގޮސްފައިވާ ކަމަށާއި އަދި އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ހާމަކޮށްފައެވެ.
އެގޮތުން، އެފްއާރުއެސްގެ ފަޔާ ފައިޓަރުން ކުރި މަސައްކަތުން ފިލާބިލްޑިންގ ގެ ތިންވަނަ ފަންގިފިލާގެ ބެލްކަނީގައި ހުރި ކުނިތަކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ރޭ 04:57 ހާއިރު ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
އެމްއެންޑިއެފްއިން ބުނީ މި ހާދިސާގައި ފިލާ ބިލްޑިންގްގެ ތިންވަނަ ފަންގިފިލާ ބެލްކަނީގައި ހުރި ތަކެތި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވީ ނަމަވެސް އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

