ހުޅުމާލެއިން މާލެއަށް ދިއުމަށް އޮންނަ ހައިވޭގައި ދުއްވަމުންދިޔަ ކާރެއް ސޯލާ ޕެނަލްތަކުގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހައިވޭ ސޯލާ ޕެނަލްތަކުގައި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވަނީ މިއަދު ހެނދުނުގައި ކަމަށެވެ. މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެ.
ނަމަވެސް އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

