ކޮންމެ އުމުރުފުރާއަކާއި ގުޅޭ ދިވެހި ދިގު ހެނދުމާއި ދިވެހި ލިބާހުގެ އެކި ވައްތަރުތައް "ތަސްނީސް ކްލޯތިން ކަލެކްޝަން" އިން ބައްލަވައިގަންނަ ފަރާތްތަކަށް ލިބޭނެ ކަމަށް އެތަނުން ބުނެފިއެވެ.
އޮންލައިން ޝޮޕެއް ކަަމަށްވާ "ތަސްނީސް ކްލޯތިން ކަލެކްޝަން" ހިންގާ ފަރާތުން " ހުވަދޫ މީޑިއާ" އަށް ބުނީ ދިވެހި އެކި ހަރަކާތްތަކުގައި ބޭނުންކުރާ ދިވެހި ހެނދުން ބޭނުންވާ ފަރާތްތަކަށް ޑެލިވެރީ ކޮށްދޭ ކަމަށެވެ. އަދި މާލޭ އޭރިއާއިން ދިވެހި ހެނދުން ބޭނުންވާ ފަރާތްތަކަށް ކުށްޔަށް ދޫކުރާ ކަމަށްވެސް ބުނެފައި ވެއެވެ. 
ދިވެހި ދިގު ހެނދުމާއި ދިވެހި ލިބާހުގެ އެކި ވައްތަރުތައް "ތަސްނީސް ކްލޯތިން ކަލެކްޝަން އިން
"ބޮލުގައި އަޅާ ފޮތިކޮޅުން ފެށިގެން ލިބާހުގެ ހުރިހާ އެއްޗެއް ލިބޭނެ. ދިގު ހެނދުންވެސް ބޭނުން ޑިޒައިންއަކަށް ތައްޔާރު ކޮށްލެވޭނެ." ތައުޒީމާ
ތަސްނީސް ކްލޯތިން ކަލެކްޝަންއިން ލިބެންހުންނަ ލިބާހުގެ ހުރިހާ ސައިޒެއް 6 މަހުން ފެށިގެން ކޮންމެ އުމުރެއްގެ ބޭފުޅަކަށްވެސް ބޭނުންވާ ސައިޒަށް ތައްޔާރު ކުރެވޭނެ ކަމަށް ތައުޒީމާ ބުންޏެވެ.

