ޑައިވިންއަށް މޫދަށް އެރިއުޅުނު އަންހެނަކު މަރުވެފައިއޮއްވާ ފެނިއްޖެއެވެ.
މިއަދު ހުޅުމާލޭގައި މަރުވެފައި އޮއްވާ ފެނުނީ އުމުރުން 55 އަހަރުގެ ތައިލެންޑްގެ ރައްޔިތެކެވެ.
އެއީ އަންހެނެއް ކަމަށާއި، އޭނާ ފެނުނީ މޫދުގައި މަރު ވެފައިއޮއްވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ އަންހެންމީހާ މޫދުގައި މަރުވެފައިވާ ކަމަށް ފުލުުހުން މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 11 ޖެހި އިރުކަމަށްވެސް ފުލުުހުން ބުނެއެވެ.
މިމީހާގެ މަރުގެ މައްސަލަ ފުލުުހުންނަށް ރިޕޯޓް ލިބުމާއި ގުޅުގެން އެ މައްސަލަ ގެންދަނީ ބަލަމުން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

