ޞިއްޙީ ގޮތުން ލިބިދާނެ ބައެއް ފައިދާތަކުގެ ތެރޭގައި:
އެންޓި-އިންފްލެމޭޓަރީ އިފެކްޓްސް
ބަރަބޯ އޮށަކީ ގިނަ އެންޓިއޮކްސިޑެންޓްތަކުން މުއްސަނދި ވެފައިވާ އެއްޗެކެވެ. މިއީ ބަލިތަކަށް މަގުފަހިވާ ގެއްލުންތަކުން ސެލްތައް ރައްކާތެރިކޮށްދީ ހަށިގަނޑުގައި އިންފްލެމޭޝަން ކުޑަކޮށްދޭ އެއްޗެކެވެ. ފައިބަރު ވެސް ވަރަށް ރަނގަޅު އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެންޓި އިންފްލެމޭޓަރީގެ ސަބަބުން، ޓައިޕް 2 ހަކުރު ބައްޔާއި ހިތުގެ ބަލިތައް ފަދަ ދާއިމީ ބަލިތަކުން ދުރުކޮށްދޭ އެއްޗެކެވެ.

ބަރަބޯ އޮށަކީ ގިނަ އެންޓިއޮކްސިޑެންޓްތަކުން މުއްސަނދި
ސައިންސްވެރިން ދެކޭ ގޮތުގައި ބަރަބޯ އޮށް، ކެންސަރާ ދެކޮޅަށް މަސައްކަތް ކުރަނީ އޮށުގައި ހުންނަ އެންޓިއޮކްސިޑެންޓް ގެ މިންވަރު މަތިވުމުގެ ސަބަބުން ކަމަށް ވެދާނެ އެވެ. ނަމަވެސް ކެންސަރުގެ ސެލްތައް އުފެދުން ހުއްޓުވުމަށް ނުވަތަ ކެންސަރުގެ ސެލްތައް ނައްތާލުމަށް ބަރަބޯއޮށް މީހުންގެ ކިބައިގައި މަސައްކަތްކުރާ ގޮތް ބެލުމަށް އިތުރު ދިރާސާތަކެއް ކުރަން ޖެހެ އެވެ.
އެންޓި-ކެންސަރ ޕްރޮޕަޓީސް
ދިރާސާތަކުން ދައްކާގޮތުގައި ބަރަބޯއޮށުން އުރަމަތީ އަދި ޕްރޮސްޓޭޓް ކެންސަރުގެ ސެލްތައް އުފެދުން ހުއްޓުވުމަށް މަގުފަހިކުރެއެވެ.

ބަރަބޯ އޮށް، ކެންސަރާ ދެކޮޅަށް މަސައްކަތް ކުރޭ
ޕްރޮސްޓޭޓް ސިއްހަތު ރަނގަޅުވުން
ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ބަރަބޯ އޮށަކބެނައިން ޕްރޮސްޓެޓިކް ހައިޕަޕްލާސިއާ (ބީޕީއެޗް) ގެ އަލާމާތްތަކަށް ލުޔެއް ހޯދައިދޭ އެއްޗެކެވެ. ބީޕީއެޗް އަކީ ޕްރޮސްޓޭޓް ގްލޭންޑް ފުނޑުފުނޑުވާ ހާލަތެކެވެ. މިކަމުގެ ސަބަބުން ޔޫރެތުރާއާ ދެކޮޅަށް ޕްރެޝަރުވެ ގުރުދާ އަށް އުނދަގޫވެދާނެ އެވެ. ބީޕީއެޗް ހުންނަ މީހުންނަށް ގިނައިން ކުޑަ ކަމުދާން ޖެހި އެކަމުގެ ތަކުލީފު އުފުލަން ޖެހެއެވެ. ބަރަބޯ އޮށުން ގުރުދާސާފުކޮށް ކުޑަކަމުދާން ފަސޭހަކޮށްދެއެވެ.
ކީމޯތެރަޕީ ބޭހަކުން ފަރުވާ ދިނުމުން ދަރިފަނި އުފެއްދުމުގެ ގާބިލުކަން ގެއްލުނު މީދާތަކަކުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި މިއީ ދަރިފަނި ގިނަ ކުރުވާއެއްޗެކެވެ. އަދި މިކަމަށް ހެދި އިތުރު ދިރާސާތަކުން ބަރަބޯއޮށުން ދަރިފަނި އިތުރުވާނެ ކަން ވަނީ ހޯދާފައެވެ.
ބަރަބޯ އޮށުގައި ޕްރޮޓީން، ފައިބާ، ވިޓަމިން، މިނަރަލްސް އަދި ޕޮލިއަން ސެޗުރޭޓެޑް އެކުލެވިގެންވެއވެ.

