ކައިވެނީގެ ކުރިން ބޭއްވި ދެ ހަފްލާއަށް ފަހު އަނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓް މި މަހުގެ 12 އިން 14 އަށް ކައިވެނި ކުރަން ނިންމައިފި އެވެ.
އިންޑިއާގެ އެންމެ މުއްސަނދި މަހުޖަނުގެ ހަގު ދަރިފުޅު އަނަންތު އަމްބާނީ، ފާމަސޫޓިކަލްގެ ވާރިސް ރާދިކާ މާޝަންޓްއާ ދެމީހުންގެ ކައިވެނީގެ އެންމެ ފަހު ރަސްމުއަދާ ކުރުމާއެކު، އެމީހުންގެ ކައިވެނި ކޮށް ނިމިއްޖެއެވެ. އެތައް ހާސް މެހެމާނުންނާއެކު އިންތިޒާރު ކުރަމުން ދިޔަ ކައިވެނި މިދިޔަ ހުކުރު ދުވަހު ނިންމާލައިފި އެވެ.
ކިމް އާއި ކްލޯއީ ކާޑޭޝިއަން އާއި ނިކް ޖޯނަސް އާއި ޕްރިޔަންކާ ޗޯޕްޅާ ގެ އިތުރުން އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރުން ކަމަށްވާ ޓޯނީ ބްލެއާ އާއި ބޮރިސް ޖޯންސަން ފަދަ އެތަކެއް މަޝްހޫރު ޝަހުސިއްޔަތުތައް މި ހަފުލާގައި ބައިވެރިވެފައިވެއެވެ. މި ކައިވެނީގެ ހަފްލާގައި އިންޑިއާގެ މުނިފޫހިފިލުވުމާއި ކުޅިވަރާއި ވިޔަފާރީގެ ދާއިރާ އާއި ސިޔާސީ މައިދާނުގައި ރަޖްނީކާންތު އާއި ސަންޖޭ ދަތު ފަދަ ބޮލީވުޑްތަރިން ފެށިގެން ކުރީގެ ރައީސް ރާމް ނާތު ކޯވިންދާއި އެކި ސްޓޭޓްތަކުގެ ޗީފް މިނިސްޓަރުންގެ އިތުރުން އެ ގައުމުގެ އިއްޒަތްތެރި ކްރިކެޓް ޓީމުގެ ގިނަ ބައެއްގެ މޫނުތަައްވސް ފެނިގެން ގޮސްފަ އެވެ..

އަނަންތު އަމްބާނީ(ވ)ބައްޕަ މުކޭޝް އާއި މަންމައާއެކު
މުކޭޝް އަމްބާނީގެ އެންމެ ހަގު ފިރިހެން ދަރިފުޅު، އަނަންތު އަމްބާނީގެ ކައިވެނީގެ ހަފްލާއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަޑައިގެންނެވި އެވެ.
މުމްބާއީގައި ހުންނަ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރާއި އާއިލާގެ ގޭގައި، މިދިޔަ ހަތަރު ދުވަހަށް ދިގު ދެމިގެންދިޔަ އަނަންތު އާއި ރާދިކާ މާޗަންޓުގެ ކައިވެނީގެ ހަފްލާ ނިމުނީ ރޭގަ އެވެ އަނަންތު އަމްބާނީ އާއި ރާދިކާ މާޝަންޓް މިދިޔަ ހުކުރު ދުވަހު މުމްބާއީގައި ކައިވެނިކޮށް ވަނީ ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ.
ނަޝީދު ފިޔަވައި ރާއްޖޭގެ ސިޔާސީ އެހެން ބޭފުޅަކު އެ ހަފްލާގައި ބައިވެރިވެފައިނުވެއެވެ. މިއީ މި އަހަރުގެ އެންމެ އަގުބޮޑު އަދި ތާރީހުގައި ވެސް ވެސް ބޭއްވި އެންމެ އަގުބޮޑު އެއް ކައިވެނީގެ ހަފްލާ އެވެ.
މި ކައިވެންޏަށް ގާތްގަނޑަކަށް ހަރަދުވެފައިވަނީ 320 މިލިއަން ޑޮލަރު (4.9 ބިލިއަން ރުފިޔާ)އެވެ.

