ރައިސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަޅަން ނިންމި ގޮދަން ފުށް ފެކްޓްރީގެ މަސައްކަތް ކުރިއަށް ނުދާނެ ކަމަށް، ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޝިމާދު ވިދާޅުވީ، ފުށް ފެކްޓްރީގެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންދަން ނިންމީ ކުންފުނީގެ ބޯޑުން މަޝްވަރާކުރުމަށް ފަހު ކަމަށެވެ. ފުށް ފެކްޓްރީ އަޅަން އޭރު ނިންމީ ކުޅުދުއްފުށީ ސިޓީގައެވެ. ޝިމާދު ވިދާޅުވީ ފުށް ފެކްޓްރީގެ މަސައްކަތް ނުކުރާ ގޮތަށް ނިންމީ ފައިދާވާނެ ވިޔަފާރިއެއްނޫން ކަމަށްވާތީ ކަމަށެވެ.
“ފީސިބިލިޓީ ހެދި އިރު އަންނަ ކޯސްޓުތަކާ އަޅާ ބަލާއިރު، އެހާ ފީސިބަލް ކަމަކަށް ނުވާތީ މިހާރު އަޅުގަނޑުމެން ފުށް ފެކްޓަރީގެ މަސައްކަތް ކުރިއަށް ނުގެންދަން ބޯޑުންވާނީ ނިންމާފައި” ޝިމާދު އިބްރާހިމް
އޭރުގެ ސަރުކާރުން ގޮދަން ފުށް ފެކްޓްރީ އެއް ރާއްޖޭގައި ގާއިމް ކުރަމަށްތަކާ ސާވޭގެ މަސައްކަތް ވެސް ކުރިއެވެ. އަދި އެ މަސައްކަތް ނިންމައި އެކަމަށް ބޭނުންވާ ފަންޑުވެސް ހަމަޖެއްސާފައި ވެއެވެ. ނަމަވެސް އެ އެ ސަރުކާރު ނިމުނުއިރު އެ މަސައްކަތްވަނީ ނުނިމަފައެވެ.

