ފުލުހުން 3 މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހޯދަން އިއުލާނުކޮށްފިއެވެ.
މި މައްސަލައިގައި ހޯދަން އިއުލާނުކޮށްފައިވަނީ 37 އަހަރު ، 48 އަހަރުގެ އިތުރުން 26 އަހަރުގެ ދިވެހި ތިން ފިރިހެނުންނެވެ. ފުލުހުންގެ އިއުލާނުގައި ވާގޮތުން މި ތިން މީހުން ހޯދަނީ މި މައްސަލައިގެ ތަހުގީގުގައި ސުވާލުކުރުމަށެވެ. އަދި މިތިން މީހުން މި ހިނގާ 2024 ވަނަ އަހަރުގެ ޖުލައި 21 ވަނަ ދުވަހުގެ 12:00 އަށް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް ވެސް އެ އިއުލާނުގައި އަން ގާފައިވެއެވެ.
މި މައްސަލައިގައި ފުލުހުން ހޯދަން އިއުލާނުކޮށްފައިވާ 37 އަހަރުގެ މީހާ އަކީ ކ. ކާށިދޫ ރިވެލި އީސާ ވަސީމް (A208822) އެވެ. 48 އަހަރުގެ މީހާ އަކީ ކ. ތުލުސްދޫ ބްލޫވޭވް މުހައްމަދު އިސްމާއިލް (A126725) އެވެ. އަދި މި މައްސަލައިގައި ހޯދަމުންދާ 26 އަހަރުގެ މީހާ އަކީ ސ. ހިތަދޫ ސްޕަންޖްގެ އަހްމަދު ހޫދު (A305577) އެވެ.
މީގެ އިތުރަށް ފުލުހުންގެ އިއުލާނުގައި ބުނެފައިވަނީ މި ތިން މީހުން ހޯދުމަށް އިއުލާނުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ތިން މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށެވެ.

