ނޭކުރެންދޫ ބަނދަރު މަޝްރޫޢުގެ މަސައްކަތް ނިންމުމައްޓަކާ މަސައްކަތަށް ބޭނުންވާ ސާމާނު ސައިޓަށް ގެންގޮސްފިއެވެ.
އެމްޓީސީސީން ނޭކުރެންދޫ ބަނދަރު ތަރައްގިކިތުމުގެ މަޝްރޫޢައީ 45.11 މިލިއަން ރުފީޔާގެ މަޝްރޫއެއް ކަމަށްވެސް އެ ކުންފުނިން ފެށި މަޝްރޫއެކެވެ. ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް ވެސް ވަނީ ބުނެފައި ވެއެވެ.
އެގޮތުން އެއްގަމުތޮށި ލުމުގެ މަސައްކަތް ވަނީ 13 ޖުލައި 2024 ވަނަ ދުވަހު ފެށިފައި ކުރިއަށް ގޮސްފައި ކަމަށާއި، އެ މަޝްރޫޢުގެ ދަށުން، 22،323 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބަނދަރު ފުންކުރުމާއި، 6،806 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ކުރީގެ ބަނދަރު އަލުން ފުންކުރުމާއި، 1،985 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުމާއި، 366 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 166 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުންވެސް ހިމެނެއެވެ.
މީގެ އިތުރުން 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް ހެދުމާއި، 1،859 އަކަމީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމެންޓް އެޅުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިންގ ބޮއެ ހަރުކުރުން ހިމެނޭ ކަމަށް އެމްޓީސިސީން ވަނީ ބުނެފައެވެ.

