އޮޑިޓް ރިޕޯޓު ހުށަނާޅާތީ 3 ސިޔާސީ ޕާޓީއެއް ޖޫރިމަނާ ކުރަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އެ ކޮމިޝަނުން ޖޫރިމަނާ ކުރަން ނިންމާފައިވާ ތިން ޕާޓީ އަކީ:
- މޯލްޑިވްސް ޓާރޑްވޭ ޑިމޮކްރެޓިކް
- މޯލްޑިވްސް ނޭޝަނަލް ޕާޓީ
- ދަ ޑިމޮކްރެޓްސް
އެ ކޮމިޝަނުން މިކަމާ ގުޅިގެން ބުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 42 ވަނަ މާއްދާގައިވާ ގޮތުގެމަތިން އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާތީ، ސިޔާސީ ޕާޓީގެ 44 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ ތިން ޕާޓީއެއް ޖޫރިމަނާ ކުރަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން މި ތިން ސިޔާސީ ޕާޓީ ޖޫރިމަނާ ކުރަން ނިންމާފައިވަނީ 50،000ރ. އިންނެވެ.

