މިދިޔަ އޭޕްރީލް މަހު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީން ވަނީ ބޯފެނުގައި ޕީއެފްއޭއެސް ނުވަތަ "ފޮރެވަރ ކެމިކަލް" ގެ ނަމުން ނަން ދީފައިވާ ޕީއެފްއޭއެސް ކެމިކަލް ހުންނަން ޖެހޭ މިންވަރުގެ އާ ލިމިޓްތަކެއް ކަނޑައަޅާފައެވެ. އެކަމަކު ކާބޯތަކެތީގައި އެ ކެމިކަލްތަކަށް އަދިވެސް ފެޑެރަލް ގައިޑްލައިނެއް ނެތުމަކީ ހައިރާންކުރުވަނިވި ކަމެކެވެ. ޕީ.އެފް.އޭ.އެސްގެ އަސަރު ދަނޑުތަކަށް ކުރާކަމުގެ ރިޕޯޓްތަކާއެކު، ކޮންސިއުމަރ ރިޕޯރޓްސްގެ ސައިންސްވެރިން ވަނީ ލެބްތަކުގައި އާންމުކޮށް ބޭނުންކުރާ ކިރުގެ ބާވަތްތައް ރައްކާތެރިތޯ ބެލުމަށް ދިރާސާ ކޮށްފައެވެ.
ކޮފީއަށް އެޅިކަމުގައި ވިޔަސް ނުވަތަ ސީރިއަލް އާއެކު ކެއުމަށް ބޭނުންކުރި ކަމުގައި ވީނަމަވެސްް ކިރުގެ ބާވަތްތަކަކީ ކޮންމެ ގެއެއްގައި ވެސް އާންމު އެއްޗެކެވެ. ކިރުން ހަށިގަނޑަށް ލިބިގެންދާ ވިޓަމިންތަކާއި މިނަރަލްސްގެ އިތުރުން މިހާރު ކިރުގައި ހަށިގަނޑަށް ގެއްލުންހުރި މާއްދާއެއްވެސް އެކުލެވިގެން ވެއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ޑެއިރީ ފާމްތަކުން ވަނީ އެމީހުން ބޭނުންކުރާ ފެނާއި ފަސްގަނޑުގެ އިތުރުން ގެރިބަކަރި އައާއި އޭގެން ލިބޭ ކިރު ޕީއެފްއޭ ތަޣައްޔަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.
ޕީ.އެފް.އޭ.އެސް އަށް "ފޮރެވަރ ކެމިކަލް" ގެ ނަމުން ނަން ދީފައިވަނީ އެއީ ގުދުރަތީ ގޮތުން ހަލާކުނުވާ އަދި ކެންސަރާއި ދިފާއީ ނިޒާމާއި އެންޑޯކްރައިން ނިޒާމުގެ މައްސަލަތަކާއި ދަރިމައިވުމުގެ މައްސަލަތަކާ ގުޅިފައިވާ ކެމިކަލްއަކަށް ވާތީއެވެ.
ޕީއެފްއޭއެސް އަކީ ގިނަ ފަހަރަށް އުފައްދާ އުފެއްދުންތައް ވޯޓާޕްރޫފްކޮށް ގިނަ ދުވަސްތަކެއް ވަންދެން ހަލާކުނުވާ ގޮތް ހެދުމަށް ބޭނުންކުރާ ކެމިކަލްއެކެވެ. މި ކެމިކަލް ބޯފެނުގެ ސަޕްލައިތަކާއި ދަނޑުތަކުގައި ބޭނުންކުރާ ގަސްކާނާ ނުވަަތަ ފާޓިލައިޒަރގެ ޒަރިއްޔާއިން ކާބޯތަކެއްޗާއި ހަމައަށް ވާސިލުވެއެވެ.
މި މައްސަލަ ބެލުމަށް ސީއާރް އިން ދާދި ފަހުން ވަނީ ބާޒާރުތަކުގައި ވިއްކާ ކިރުގެ 50 ސާމްޕަލް އެއް ޓެސްޓް ކޮށްފަ އެވެ.
އުފާވެރި ޚަބަރަކީ ޕީއެފްއޯއެސް ނުވަތަ ޕީއެފްއޯއޭ، ސިއްހަތަށް ނޭދެވޭ އަސަރުކުރާ ދެ ޕީއެފްއޭއެސް ފެނިފައިވަނީ 50 ސާމްޕަލްގެ ތެރެއިން އެންމެ ހަ ސާމްޕަލަކުންނެވެ.
މި ހޯދުންތަކުގެ ސަބަބުން އެއްވެސް ބަޔަކު ކިރުގެ ބާވަތްތައް ބޭނުންކުރުން ހުއްޓާލައިގެން ނުވާނެ ކަމަށާއި ނަމަވެސް މީގެ ސަބަބުން ފެޑެރަލް ފުޑް ސޭފްޓީ އެޖެންސީތަކާއި ކާބޯތަކެތި އުފައްދާ ފަރާތްތައް ކިރާއި އެހެނިހެން ކާނާގެ ބާވަތްތައް ޕީއެފްއޭއެސް އަށް މޮނިޓާ ނުކުރާކަން އެނގިގެން ދިޔައެވެ. މީގެ އިތުރުން މި ގެއްލުންހުރި ކެމިކަލްތަކަށް ސިއްހީ ރައްކާތެރިކަމުގެ މިންގަނޑެއް ބޭނުންވާކަން މިކަމުން އެނގެ އެވެ.
ކޮންސިއުމާ ރިޕޯޓްގެ ސުވާލުތަކަށް ޖަވާބު ދެމުން އިންޓަނޭޝަނަލް ޑެއިރީ ފުޑްސް އެސޯސިއޭޝަނުން ބުނީ ކިރުގެ ބާވަތްތަކަކީ ވަރަށް ބޮޑަށް ރެގިއުލޭޓް ކުރެވިފައިވާ ބާވަތްތަކެއް ކަމަށާއި އެ ތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވެރިފައިޑް ސިސްޓަމަކަށް ބަރޯސާވާ ކަމަށެވެ.
ޕީއެފްއޭއެސްއާ މެދު ކަންބޮޑުވާ ނަމަ، ސްޓެއިން އާއި ވޯޓާ ރެސިސްޓެންޓް އުފެއްދުންތައް ބޭނުންކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ސެރަމިކް ތެއްޔާއި ތަވާ ފަދަ ޕީޓީއެފްއީ ފްރީ ތަކެތި ކައްކަން ބޭނުން ކުރުމާއި ފެން ފިލްޓަރެއް ބޭނުންކޮށްގެން ބޯފެނާއި ކާއެއްޗެހީގެ ޒަރިއްޔާއިން ޕީއެފްއޭއެސް ހަށިގަނޑަށް ދާ މިންވަރު މަދުކުރެވިދާނެ ކަމަށެވެ.

