ސްޓާރ ޕްލަސް އިން ދައްކަމުން އަންނަ ޑްރާމާ ސިލްސިލާ އަނޫޕަމާ އަށް ބޮޑު ބަދަލެއް އަންނަ ރޭ އައިސް މި ޖެހުނީއެވެ. މިރޭގެ އެޕިސޯޑް ބަލަން މީހުން ކެތްމަދުވެފައި ތިބޭތާ ހަފުތާއަކަށްވުރެ ގިނަ ދުވަސްވީްއެވެ. މުޅީން ހީނުކުރާ ކަހަލަ ކަމެއް ވާން އުޅޭ ކަމުގެ މަންޒަރުތަކެއް އިޝްތިހާރަކުން ފެންނާތީ ބެލުންތެރިން ތިބީ ކެތްމަދުވެފައެވެ.
އަނޫޖުއާއި އަނޫޕަމާ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާއިރު އެމީހުންގެ ދަރިފުޅު އެދެމީހުން އެކުގައި އުޅޭކަށް އެއްވެސް ގޮތަކުން އެއްބަހެއް ނުވެއެވެ. އެންމެ ފަހުން ބާކީ އޮތް ކުޑަކުޑަ އުއްމީދުވެސް ފުނޑުކޮށްލާ އާދްޔާ އޭނާގެ ޕޮޕްސް ގޮވައިގެން އެމެރިކާއަށް ދެއެވެ، އެހެންނަމަވެސް އަނޫޕަމާއާއި އަނުޖު ގެ ރަހުމަތްްތެރިޔާ ދޭވިކާ މިހެން ވާކަށް ނޭދެއެވެ.
ދޭވީކާގެ ސަބަބުް އަނޫޖަށް ހިތްވަރު ލިބޭއިރު އަނޫޕަމާއަށް އޭނާގެ ދަރިފުޅުގެ އަނބިމީހާ ކިންޖަލް އަނޫޕަމާ އަށް ވިސްނައިދިނުމުގައި ކާމިޔާބު ހޯދައެވެ. އާދްޔާ އުފަމުން ގެއަށް އަންނައިރު، ކަންތައް މުޅިން ގޯސްވެފައި އޮތްތަން ފެނިފައި ބަސްހުއްޓުި ހުރެދެއެވެ. އާދްޔާ އާ ގެއިން ބައްދަލު ކުރީ ދޭވީކާއެވެ. ބޮޑުދައތައެއްގެ ހައިސިއްޔަތުން އެއްޗެއް ބުނދިނުމަކަށް ނޫނެވެ، އެކަމަކު އާދްޔާގެ ގޮތްދޫނުކުރުނާއި ބޮޑާހޭކުމަށް ޖަވާބު ދިނުމުން އާދްޔާއަށް ޖެހުނީ ހިމޭނުން ހުންނާށެވެ.
އެހެންނަމަވެސް ދެންވެސް މަންމއާއި ބައްޕަ އެއް ހެއެއްގައ ތިބޭތަން ބަލަން ކެތްނުވާނެތީ އާދްޔާ ތައްޔާރު ވެގެން ގެ ދޫކޮށް ދާން ނުކުންނަނީ އޭނާގެ ޕޮޕްސްއަށް ފޯނުން ގުޅައި ބުނުމަށްގަހުގައެވެ. އިންތިޒާރުގައި ހުރި އަނޫޕަމާ ފަހަތަށް ދޫކޮށްލާފައި އަނެއްކާވެސް އެއްފަހަރު އަނޫޖު ދަރިފުޅުގެ ފަހަތުން ދެއެވެ.
“ދިރިއުޅުން ކޮންމެ ހިނދުހިނދުކި ކޮޅަކުން ކިޔައިދެނީ އާ ވާހަކައެއް، ބަދަލުވަމުންދާ ދުނިޔޭގައި ބަދަލުވަމުންދާ އާ ގުޅުންތަކާއެކު ކުރީގެ ގުޅުންތައް ހަނދާނަކަށްވެދޭ. ބަދަލުވާ ހާލަތާ ގަބޫލުވާންޖެހޭ،،”
އަނޫޕަމާގެ އާ އިޝްތިހާރުތަކުން ފެންނަނީ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ތަނެއް ހިންގަން ހުންނަ ތަނެވެ، އެތަނުގައި އުމުރުން ދުވަސްވީ ދެމީހެއްގެ ކައިވެނި ކުރުވާ މަންޒަރު ފެންނައިރު އަނޫޖު ފެންނަނީ ތުނބުޅި މަތިމަސް ދިގުވެ އެކަނިވެރިވެފައިވާ އާވާރާއެއް ފަދައިންނެވެ،
މިއީ “ޗާމިންގ” އަނުޖްގެ ފޭނުންނަށް ހިތާމަވެރި މަންޒަރެކެވެ.
މިވެގެން އުޅެނީ ކީއްތޯ ބަލާލުމަށް މިރޭގެ ޑްރާމާއަށް އިންތިޒާރު ކުރާ މީހުން ގިނައެވެ.

