އިމިގްރޭޝަނާއި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ގެ ތެރެއިން 6 ތަނެއް ރެއިޑް ކޮށް 6 ބިދޭސީއަކު ހިފަހައްޓައިފިއެވެ
މިކަން ހާމަކޮށް އިމިގްރޭޝަން އިން އެކްސް ގައި ޕޯސްޓެއް ކޮށްފައިވެއެވެ. މި ޕޯސްޓުގައި ބުނެފައިވަނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން 7 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށެވެ.
އިމިގްރޭޝަނުން ރޭގައި ބަލައިފާސްކޮށްފައިވަނީ 3 ތަނަކާއި 2 ފިހާރައާއި ކާބޯތަކެތި ޑެލިވަރީ ކުރަމުންދާ ތަނެއްގެ އިތުރުން ފިހާރައެކެވެ.
ރޭގައި މި ތަންތަން ބަލައި ފާސްކޮށް 6 ބިދޭސީ ފިރިހެނުން އިމިގްރޭޝަން ގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މީގެ އިތުރަށް އިމިގްރޭޝަނުން ބުނީ ރޭގައި ބިދޭސީން ވިޔަފާރި ކުރަމުންދިޔަ 2 ފިހާރައެއް ބަންކޮށްފައިވާ ކަމަށެވެ
މި އޮޕަރޭޝަންގައި 120 އަށް ވުރެ ގިނަ ބިދޭސީން ހިފަހައްޓާފައިވާ ކަމަށާއި މި ގޮތަށް މި އޮޕަރޭޝަންގައި ހިފަހައްޓާ ފަރާތްތަކަކީ ދެވަނަ ފުރުސަތެއް ދެވޭނެ ފަރާތްތަކެއް ނޫންކަމަށް އިމިގްރޭޝަން ކޮންޓްރޯލް އޮފިސަރު ޝަމްއާން ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ. އަދި އެ ބިދޭސީން ޑީޕޯޓުކޮށްލުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ވެސް ޝަމްއާން ވިދާޅުވިއެވެ.
އިމިގްރޭޝަނުން ކުރިއަށް ގެންދާ ރެއިޑް އަދާހަމަ: ރޭގައި 6 ބިދޭސީއަކު ހިފަހައްޓައިފި

