ދިވެހިންގެތެރޭގައިވެސް ތަފާތު ވަރަށް އާންމުގިނަ ނަންތަކެއް ހުރެއެވެ. އެއްވަތަރުގެ އެތަށް ނަމެއް ހުންނައިރު ފާހަގަކޮށްލެވޭ އެއްނަމަކީ “ޢާރިފާ” މިނަމެވެ. ޢަރަބި ބަހުގައި، ޢާރިފާގެ އަޞްލެއް ވެއެވެ. އާރިފާއަކީ، އާރިފުގެ އަންހެން ނަމެވެ.
އަރަބި ބަހުގައި ޢާރިފާ މާނައަކީ، ކަންތައްތައް ދަންނަ މީހާއެވެ. ނުވަތަ އެއްޗެހި އިނގޭ މީހާއެވެ. މި ނޫން މާނަތައް ވެސް ހިމެނެ އެވެ. ކިޔަވައިގެން ހުރި އިލްމީ މީހާ ވެސް އެ މާނަތަކުގެ ތެރޭގައި ހިމެނެ އެވެ.
ޢަރަބި ބަހުން ޢާރިފާ މިނަން ދެގޮތަކަށް ލިޔެއެވެ. މިގޮތުން އެއްގޮތަކީ عريفة މިއެވެ. އަދި ދެވަނަ ގޮތަކީ عارفہމިއެވެ. ބައެއްފަހަރު މިދެގޮތްވެސް ލިޔެއުޅެއެވެ. އަދި ލިޔުމުގައި ތަފާތު ވިކަމުގައި ވިޔަސް ނަން ކިޔުމުގައި ތަފާތެއްނެތެވެ.
ބައެއްފަހަރު ޢާރިފާ ކިޔާމީހުން އެމީހުންގެ ދިރުއުޅުމުގައި މަޑުމޮޅިކަމެއް ހުރެއެވެ. އަދި އެއީ ވަރަށް އަންހެންވަންތަ ބައެކޭވެސް ބައެއް މީހުން ބުނެއުޅެއެވެ. އަޅުގަނޑުމެންގެ ތެރޭގައި މިކަން ތަޖްރިބާ ކޮށްލެވޭނީ ހަމަޔަގީނުންވެސް ޢާރިފާ އާއި އެކީގައި އުޅޭމީހަކަށެވެ.
ޢާރިފާއާއި އެންމެ ގާތްކުރާ ދިވެހި ނަމަކީ، އަނީސާއެވެ. އަނީސާ ކިޔާ މީހުން އަޅުގަނޑުމެން ގެތެރޭގައި ތިހުރިހާ ބޭފުޅުންވެސް ދަންނަނެއެވެ. ދިވެހި ބަސް ފޮތުގައި ބުނަނީ އަނީސާއަކީ، ދިވެހި އަންހެނުންނަށް ކިޔާ ނަމެއް ކަމަށެވެ. އަނީސާ ގެ އަރަބި މާނައަކީ އެކަނިވެރިކަން ފިލުވައިދޭ މީހާއެވެ. ނުވަތަ އެކުވެރިޔާއެވެ. އަދި ބައިވެރިޔާ އަކީ އަނީސާ ގެ މާނައިގެ ތެރޭގައިވެސް ހިމެނޭ މާނައެކެވެ.

