ގްލޯބަލް ޔޫތު މޮބިލައިޒޭޝަން މެދުވެރިކޮށް އީޔޫގެ ޔޫތު އެމްޕަވަރމަންޓް ފަންޑަށް ގްރާންޓް އެޕްލިކޭޝަން ހުޅުވާލައިފިއެވެ.
އީޔޫ ޔޫތު އެމްޕަވަރމަންޓް ފަންޑަށް މި ހުޅުވާލާފައިވާ ފުރުސަތަކީ ޔޫރަޕިއަން ޔޫނިއަން އާއި ބިގް ސިކްސް ޔޫތު އޮގަނައިޒޭޝަން ގުޅިގެން ކުރިއަށް ގެންދާ ޕާޓްނަޝިޕެއްގެ ބައެކެވެ. އެ ގްރާންޓްގެ މައިގަނޑު މަގްސަދަކީ ޒުވާނުން ބާރުވެރިކޮށްދީ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން އިނޮވޭޓިވް ލޯކަލް ޕްރޮޖެކްޓްތަކަށް ފައިސާ ދީގެން އެމީހުންގެ މުޖުތަމައުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުން ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން ބުނީ ވަކިވަކި ޒުވާނުންނާއި ނުރަސްމީ ގްރޫޕްތަކަށް 500 އާއި 1500 ޔޫރޯ އާއި ދެމެދުގެ އަދަދެއް ލިބޭއިރު، ރަޖިސްޓްރީކޮށްފައިވާ ޒުވާނުންގެ ޖަމިއްޔާތަކަށް 3000 އާއި 5000 ޔޫރޯ އާ ދެމެދުގެ އަދަދެއް ލިބޭނެ ކަމަށެވެ.
އެޕްލައި ކުރެވޭނީ
- 14-30 އަހަރުގެ ޒުވާނުން
- ނުރަސްމީ ގްރޫޕްތައް
- ރަޖިސްޓްރީކޮށްފައިވާ ޒުވާނުންގެ ޖަމިއްޔާތައް
ފޯކަސް ކުރާ ދާއިރާތައް:
- އެސްޑީޖީތަކާ އެއްގޮތަށް ދުނިޔޭގެ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދޭ މަޝްރޫއުތައް
- މުޖުތަމައުގެ ތެރޭގައި އަޑުއުފުލުމުގެ ފުރުސަތު ލިބިފައިނުވާ ގްރޫޕުތަކާއި، ޖެންޑާ ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭ ގޮތަށް ތަފާތު ފަންތީގެ ފަރާތްތަކާއި ތަމްސީލު ނުކުރެވޭ ގްރޫޕްތަކުން ކުރިމަތިލާ ފަރާތްތައް.
ޖޫން 27 އިން ޖުލައި 21 އަށް އެޕްލިކޭޝަން ހުޅުވާލާއިރު، ފޯމްތައް އިނގެރޭސި، އަރަބި، ފްރެންޗް އަދި ސްޕެނިޝް ބަހުން ލިބެން ހުންނާނެއެވެ

