ކިތަންމެ ރީތި ހެދުމެއްގައި މޮޅު މޭކަޕެއްގައި ވެސް، ގައިން ނުބައި ވަސް ދުވާ ނަަމަަ ކަމަކު ނުދާނެ ނޫންހެއްޔެވެ. ގައިން ނުބައި ވަސް ދުވުމަކީ ލަދުގަންނަ ކަމަކަށްވީއިރު އެކަން ރަނގަޅު ކުރާނެ މަގު ހޯދަން މަސައްކަތް ކުރަން ވާނެ ތާއެވެ. ކިތަންމެ ރީތި ހެދުމެއް ލައިގެން ކިތަންމެ ފަރި މޭކަޕެއް ކޮށްފައި ހުއްޓަސް ގައިން މީރު ވަހެއް ނުދުވާނަމަ މުޅިން ގޯސްވީނޫންހެއްޔެވެ. ކިތަންމެ މީރުވަސް ދުވާ ސެންޓެއް ޖެހިޔަސް ގައިން ހިއްލާ ދަލުން ދުވާ ވަހާއި އެތެރެހަށީގެ ވަސް ބޭރަށް ނުކުތުމުން ދުވާ ވަސްތަަކުން ސަލާމަތެއް ނުވާނެތާއެވެ. އެކަމަށް ޖެހޭނީ އެއަށް ދޭން ޖެހޭ ފަރުވާ ދީގެން ވަސް ފިލުވަން މަސައްކަތް ކުރަން ޖެހޭނެތާއެވެ.
އިންސާނާގެ ހަށިގަނޑުގެ ބައަަކަށް ގައިންދުވާ ވަސް ވާއިރު އެއީ ހަށިގަނޑުގެ އެއް ހިއްސާވެސްމެއެވެ. ކޮންމެ މީހެއްގެ ގައިގައިވެސް ކޮންމެވެސް ކަހަލަ ވަހެއް ހުންނާނެއެވެ.
ގައިން ދުވާވަހުގެ ހަގީގަތަކީ ގައިގެ ހަމުގައި ހުންނަ ބެކްޓީރިއާ އާއި ދަލާ އެކުވުމުންނެވެ. ދަލަކީ އޭގެ ޒާތުގައި އެއްވެސް ވަހެއް ހުންނަ އެއްޗެއް ނޫނެވެ. އެހެންނަމަވެސް ހަށިގަނޑުން ވަސް އުފެދެނީ ގައިގައި ހުންނަ ހަނިި އުނދަގޫ އަދި ދަތި ދޭތެރެތަކުގައި ހުންނަ، ހަމުގައި އުޅޭ އެ ބެކްޓީރިއާތަކުންނެވެ. ދާ ހިއްލަން ފެށުމުން މި ބެކްޓީރިއާތައް ދަލާ އެކުވާން ފަށައެވެ. އަދި ދަލުގައި ހުންނަ ޕްރޮޓީންތައް އެސިޑަށް ބަދަވާން ފަށައެވެ. މިހިސާބުން ގައިން ނުބައި ވަަސް ދުވަން ފަށާނެއެވެ. އެހެންކަމުން މިވަސް ގައިން ފިލުވުމުގެ ބާރު އަހަރެމެންނަށް ލިބިގެންވެއެވެ

ގައިންނުބައިވަސްދުވުން، ގުޅުންތައް ހީނަރުކޮށްލާނެ….ފޮޓޯ:އައިސްޓޮކް
ބައެއް ހަވާދު ބޭނުން ކޮށްގެން ހަދާފައި ހުންނަ ކާތަކެތި، ލޮނުމިރުސްފަދަ، ރިހާކުރުފަދަ ތަކެތި މާގިނައިން ބޭނުންކުރުމަކީ ގައިގެ ވަސް ނުބައި ކުރާ ކަމަކަށްވާއިރު މިފަދަ ތަކެތިން ދުރުވެ، މޭވާ، ތަރުކާރީފަަދަ ސިއްހަތަށް ފައިދާ ހުރި އޭގެއިން ހަށިގަނޑުގެ ވަސް މީރުކޮށްދޭ ފަދަ ބާވަތްތައް ބޭނުން ކުރުން އާދަކުރާށެވެ.
މަދު ފަހަރު ތަކުގައި، ގައިން ނުބައި ވަސްދުވުމަކީ ވަހާމެދު ހާސްވާ ވަރަށްވުރެ މާބޮޑަށް ނުރައްކާތެރި ބައްޔެއްގެ އަލާމާތަކަށްވެސް ވެދާނެކަން ދަންނަންވާނެއެވެ.
ހަމައެހެންމެ ތިމާގެ އާއިލީގޮތުން ގަދައަށް އަވަހަށް ދާހިއްލާ ގޮތްވެދާނެ، އެހެންކަމަށްވާނަމަ މިއީވެސް ވިސްނަން ޖެހޭ، ސަމާލުވާން ޖެހޭ ކަމފުރާވަރުގެ ދުވަސްވަރާއި ބަލިވެ އިނުމުގެ ދުވަސްވަރު، މެނަޕޯސްގެ ހާލަތުގައިވެސް ގައިން ބޮޑަށް ދާހިއްލުމާއި ވަހަށް ބަދަލުތައް އައުން ދިމާވެދާނެއެވެ. އެހެންނަމަވެސް މިއީ މަދު ހާލަތެކެވެ.
އާންމުކޮށްވެސް ވަރަށް ގިނައިން ކިހހިފަތް ދަށުން ދާހިއްލާފައި ހުންނަތަން ފެންނާނެއެވެ. މިއީ ސާފުކުރުން ދުރުވެއްޖެނަމަ އެންމެ ފަސޭޙައިން ގައިން ނުބައިވަސް ދުވުމަށް މަގުފަހިވާ ހިސާބެކެވެ. އެހެންކަމުން ގައިން މީރުވަސް ދުވުމަށްޓަކައި ފެންވަރާ ތާހިރުވާއިރު ގައިގައި މަރުވެފަ ހުންނަ ހަންކޮޅުތަކުން ސަލާމަތްވެ އަބަދުވެސް މީރުވަސް ދުވާ ގޮތަކަށް ބައްޓަން ވުމަށް މަސައްކަތް ކުރާށެވެ. މިއީ އެހާ އުނދަގޫ ކަމެއްވެސް ނޫންތާއެވެ!

