އިލެކްޝަން ކޮމިޝަން (އީސީ) ގެ ކުރީގެ ނައިބު ރައީސް ހަބީބް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ (އެޗްއާރްއެމްސީ) ގެ މެމްބަރުކަމަށް އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.
އެޗްއާރްސީއެމްގައި ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް މެންބަރަކު އައްޔަން ކުރަން ރައީސް އޮފީހުން ކުރި އިއުލާނަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ނަމަކީ އިސްމާއިލް ހަބީބް ކަމަށް ރައީސް މަޖިލީހަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައިވެއެވެ.
ރައްޔިޔުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ހަބީބުގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުއްވާފައެވެ.
އީސީ އަށް 21 އަހަރު ހިދުމަތްކުރައްވާފައިވާ ހަބީބަކީ އެ ކޮމިޝަން ގެ ނައިބް ރައީސް ގެ އިތުރުން ތަރުޖަމާނުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ

