ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރަން އިތުރު ޗެކްޕޯސްޓެއް ގާއިމްކޮށްފިއެވެ.
ޗެކް ޕޯސްޓް ހުޅުވައިދެއްވާފައިވަނީ އެކަމަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ.
އެއާޕޯޓަކީ ސަލާމަތާއި ރައްކާތެރިކަމާ އެކު ފަސިންޖަރުން ފުރައި ލަފާ ތަނެއް ކަމަށާއި އާ ޗެކްޕޯސްޓަކީ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގައި އެޅި އާ ފިޔަވަޅެއް ކަމަށް މީޑިޔާ އަށް މައުލޫމާތުދެމުން ޝަރީފް ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް ވިސްނުނު ގޮތުން ވެހިކަލާއި މީހުން ޗެކް ކުރުމަށް ދެ ތަނުގައި ދެ ޗެކްޕޯސްޓް ހުރުމުން މިހާރު މިއޮތް ދަތި ވަރަށް ބޮޑަށް ފިލައިގެންދާނެ. ޗެކް ޕޯސްޓްތައް ގާއިމުކޮށްފައިވަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު. ޑުއަލް މެޝިންތައް، ނުގަވާއިދުން އެތެރެކުރާ ތަކެތި ޑިޓެކްޓް ކުރާނެ މި މެޝިންތަކުން” އިބްރާހިމް ޝަރީފު މުހައްމަދު
އިޖުތިމާއީ ރައްކާތެރިކަމަކީ ކަސްޓަމްސްގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމަށާއި ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެއްޗާއި އެތެރެކުރުން މަނާ އެހެނިހެން ތަކެތި ހިފެހެއްޓުމަކީ ވެސް ކަސްޓަމްސްގެ ޒިންމާއެއް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އަދި އަލަށް ހުޅުވި ޗެކްޕޯސްޓާ އެކު ކަސްޓަމްސްގެ އެ މަސައްކަތްތަކަށް އިތުރު އެހީއަކަށް ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެއާޕޯޓުގައި އަލަށް ގާއިމް ކުރި ޗެކްޕޯސްޓްއަކީ ޒަމާނީ އާލާތްތަކާއި ވަސީލަތްތަކާ އެކު ގާއިމްކުރި ޗެކްޕޯސްޓެކެވެ.

