މޭޔަރުންނާއި ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދިނުމާމެދު މަޝްވަރާކޮށްފައިވަނީ އެއީ ތިނަދޫސިޓީ ކައުންސިލުން ހުށައަޅާފައިވާ މައްސަލައަކަށް ވާތީކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިގޮތުގައި މިފަދައިން މަޝްވަރާ ކުރީ މިއަދު ބޭއްވި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު ބައްދަލުވުމުގައެވެ.
އެގޮތުން އެ ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްގެ ރައީސާއި މެންބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ނުވަތަ އޮފިޝަލް ޕާސްޕޯޓް ދިނުމާމެދު ގޮތެއް ހޯދުމަށް އިމިގްރޭޝަނާ އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރ އާދަމް ޝަރީފް އުމަރު ” ހުވަދޫ ” އަށް ވިދާޅުވީ މިއީ ގދ ތިނަދޫ ސިޓީ ކައުންސިލުން ހުށައަޅާފައިވާ މައްސަލައަކަށް އެލްޖީއޭ ބޯޑުގައި މަޝްވަރާކުރެއްވި ކަމެއް ކަމަށެވެ. އަދި މިއީ ގޮތެއް ނިންމުން ނޫން ކަމަށާއި މިއަދު ބޭއްވި LGA ގެ ބޯޑު ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްގެ ރައީސާއި މެންބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ނުވަތަ އޮފިޝަލް ޕާސްޕޯޓް ދިނުމާމެދު ގޮތެއް ހޯދުމަށް އިމިގްރޭޝަނާ އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.
މިހާރު ގަވާއިދުގައި އޮންނަ ގޮތުން ޑިޕްލޮމެޓިކް ޕާސްޕޯޓް އޮންނާނީ ރައިސް އަދި ނައިބު ރައިސާއި އާއިލާ އަދި ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނޭހެން ސަރުކާރުގެ އިސް ވެރިންގެ އަތުގައެވެ.

