ހައްޔަރު ކުރުމުގެ ތެރޭގައި 38 އަހަރުގެ މީހަކަށް އަނިޔާ ވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިޔާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ ޑްރަގް ކޯޓްގެ އަމުރެއްގެ ދަށުން އެކޯޓަށް 16 ޖުލައިގެ 1 ޖަހާއިރަށް ހާޒިރުކުރުމަށް، ފުލުހުންގެ ބެލުމުގެދަށަށް ގެނައުމުގެ ތެރޭގައި 38 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށެވެ.
މި ފިރިހެން މީހާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދާ ކަމަށާއި އަދި މިހާދިސާ ގައި ފުލުހުން ޢަމަލުކުރިގޮތާއި މެދު އާއިލާގެ ސީރިއަސް ކަންބޮޑުވުންތަކެއް ހުރިކަމަށް ފުލުހުންނާއި އާއިލާއިން ހިއްސާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ފުލުހުން ބުނީފުލުހުންނަށް އާއިލާއިން ހިއްސާ ކުރި ކަންތައްތަކާ ގުޅިގެން މި މައްސަލަ ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގައި އެދިފައިވާނެ ކަމަށެވެ.

