މޫޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރަށް ހުދު ސަމާލު ގައުމީ މޫސުމާ ބެހޭ އިދާރާއިން ނެރެފިއެވެ.
އެ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ރ. އަތޮޅާއި ހަމައަށް 07:00 އިން ފެށިގެން 12:00 އާއި ހަމައަށެވެ.
އެ އިދާރާއިން ހުދު ސަމާލު ނެރިފައިވާ އަތޮޅުތަކަކީ:
- ހއ. އަތޮޅު
- ހދ. އަތޮޅު
- ކުޅުދުއްފުށި ސިޓީ
- ށ. އަތޮޅު
- ނ. އަތޮޅު
- ޅ. އަތޮޅު
- ރ.އަތޮޅު
މީގެ އިތުރުން ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ވެސް މޫސުމާ ބެހޭ އިދާރާ އިން ލަފާ ކުރެއެވެ.

