މާލޭ މިސްކިތަކުން ފެން ކޭސްތަކެއް ވަގަށް ނެގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ މާލޭ ވިޔަފާރިވެރިންގެ މިސްކިތުގައި ބަހައްޓާފައިވާ ފެންކޭސް ވަގަށް ނެގި މައްސަލައެއް ބަލަން ފަށާފައިވާ ކަމަށާއި މި މައްސަލަ އަކީ އިއްޔެގެ ވަގުތެއްގައި ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މިދިޔަ މަހުގެ ތެރޭގައި ވެސް މާލޭގެ މިސްކިތްތަކަކުން ވައްކަން ކުރި މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

