މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ / މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ހުޅުވާލައި އިއުލާން ބާތިލް ކޮށްފިއެވެ.
ޕީސީބީން ބުނެފައިވަނީ އިއުލާނެއްގައި ބުނެފައިވަނީ ސީއީއޯ އެއް ހޯދުމަށް ކުރިން ކުރި އިއުލާނަށް ޝަރުތު ހަމަވާ އެއްވެސް މީހެއް ކުރިމަތިލާފައި ނުވާތީ އެ އިއުލާން ބާތިލް ކުރާ ކަމަށެވެ.
މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ އަދި ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ކުރިމަތިލެވޭ ގޮތަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ސީއީއޯ/އެމްޑީއަކުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މީގެ ކުރިން ސީއީއޯ ހޯދުމަށް ކުރި އިއުލާނުގައި ބުނެފައިވެއެވެ. ޕީސީބީ ގެ އެ އިއުލާނުގައިވާ ގޮތުން ނަމަ މި މަގާމަށް ތަޖުރިބާ ހުރި ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެ އެވެ.
ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އޮންނަ މިފްކޯގެ ސީއީއޯ/އެމްޑީގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަހުމަދު ސަމާހު ރަޝީދެވެ.

