މަސްތުވާތަކެތީގެ މައްސަލައެއްގައި 41 އަހަރުގެ މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހޯދަނީ 41 އަހަރުގެ ތ. މަޑިފުށި/ މިޝަން ، އިބްރާހިމް ރަޝާދު ނަމަކަށް ކިޔާ މީހެކެވެ.
ފުލުހުންގެ އިއުލާނުގައިވާ ގޮތުން ފުލުހުން މީނާ ހޯދަނީ މި މައްސަލައިގެ ތަހުގީގުގައި ސުވާލު ކުރުމަށެވެ.
މީނާ ހާޒިރުވުމަށް ފުލުހުން އަންގާފައިވަނީ 23 ޖުލައި 2024 ވަނަ ދުވަހުގެ 12:00 އަށް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.
މިގެ އިތުރުން ފުލުހުންގެ އިއުލާނުގައި ވަނީ މީނާ ހޯދުމަށް ފުލުހުން އިއުލާނުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި މީނާ ހޯދަން ފުލުހުން އިއުލާނު ކޮށްފައިވާއިރު ދެ ރަށެއްގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

