ޔުނިއަޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ރާއްޖެއަށް ދެ ޑްރޯން ހަދިޔާ ކޮށްފިއެވެ.
މި ދެ ޑްރޯން އަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭނުންކުރުމަށް ހަދިޔާ ކުރި ޑްރޯން ތަކެކެވެ. މި ޑްރޯން ތަކާއި ރަސްމީ ކޮށް ހަވާލުވެފައި ވަނީ އެކަމަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު ވާހަކަ ދެއްކެވިއެވެ. މިނިސްޓަރު ވިދާޅުވީ މި ޑްރޯންތައް ބޭނުންކުރާނީ ފުލުހުންގެ މެރީން އޮޕަރޭޝަންސް ޑިވިޝަނުން ކަމަށާއި މި ޑްރޯންތަކާއެކު ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް މެރިން ޕޮލިހުންކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ. އަދި މި ޑްރޯންތަކުގެ ސަބަބުން އޮޕަރޭޝަންސްތަކުގައި ފުލުުހުންގެ
މި ކަމާއި ގުޅިގެން ފުލުހުން ބުނީ ޔޫއެންއޯޑީސީން ހަދިޔާކޮށްފައިވަނީ ކަނޑާއި ވައިގެ ތެރޭގައި ދުއްވޭ ފަދަ ޑްރޯންތަކެއް ކަމަށާއި މި ޑްރޯންތައް ބޭނުންކުރަން ހަމަޖެހިފައިވަނީ ޝޯޓް ރޭންޖް އޮޕަރޭޝަންތަކުގައި ކަމަށެވެ.

