ވިސާ ފޯޖުކޮށްގެން އެތެރެވާން އުޅުނު ބިދޭސީންތަކެއް ހިފަހައްޓާފައިވާ ކަމަށް އިމިގްރޭޝަންގެ ޑެޕިއުޓީ ޗީޕް އޮފިސަރ މުހައްމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ޝިފާން މިފަދައިން ވިދާޅުވީ އެ އިދާރާއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ޝިފާން ވިދާޅުވީ ރާއްޖޭގެ ވޯކްވިސާ ފޯޖްކޮށްގެން 22 ގައުމަކުން ރާއްޖެ އެތެރެވާން އުޅުނު 341 ބިދޭސީން ހިފައްޓައިފިވާ ކަމަށެވެ. މީގެ ތެރޭގައި ބަންގުލަދޭޝްގެ 205 މީހުން، އިންޑިއާގެ 38 މީހުން، ޝްރީލަންކާގެ 31 މީހުން، އިންޑޮނޭޝިޔާގެ 8 މީހުން، ނައިޖީރިޔާގެ 6 މީހުން، އަދި އެހެނިހެން ގައުމުތަކަށް ނިސްބަތްވާ 54 މީހުން ލިމެނޭ ކަމަށް ޝިފާން ވިދާޅުވިއެވެ.
މީގެ އިތުރުން ވިސްޓަރ އެއަރލައިން އިން 4 މީހަކު ރާއްޖެ ޒިޔާރަތް ކުރިކަމަށާއި، އެ މީހުންވަނި ނަކަލުކޮށްފައިވާ ގްރީސް އެގްޒިޓް ސްޓްމް ތަކެއް ޕާސްޕޯޓްގައި ޖަހައިގެން ރާއްޖެއެތެރެވާން މަސައްކަތް ކޮށްފަ ކަމަށް ޝިފާން ވިދާޅުވިއެވެ.
ގަވާއިދާއި ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން ދަނީ ހާއްސަ އޮޕަރޭޝަނެއް ހިިންގަމުންނެވެ. މި އޮޕަރޭޝްގައި 120 އަށް ވުރެ ގިނަ ބިދޭސީން ހިފަހައްޓާފައިވާ އިރު މި އޮޕަރޭޝަން ގައި ހިފަހައްޓާ އެއްވެސް ބިދޭސީ އަކީ ދެވަނަ ފުރުސަތެއް ދެވޭނެ ބައެއް ނޫން ކަމަށާއި ކަމާ ގުޅުން ހުރި އިދާރާ ތަކާއެކު މި ބިދޭސީން ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަން ގެ ކޮންޓްރޯލާ ޝަމްއާން ވިދާޅުވިއެވެ

