އައްޑޫ ޕޮލިސް އެކަޑަމީގެ ދަރިވަރުންތަކެއް ބަލިވެ އެޑްމިޓްކޮއް ފަރުވާ ދޭން ފަށައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިޔާ އަށް މައުލޫމާތު ދެމުން ބުނީ އެ ދަރިވަރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިވަގުތު ވަނީ އެނދުމަތިކޮށްފައި ކަމަށާއި އެ ދަރުވަރުންތައް ބަލިވާން ދިމާވި ސަބަބު ހޮސްޕިޓަލް މެދުވެރިކޮށްދަނީ ބަލަމުން ކަމަށެވެ.
އަދި އެ ދަރިވަރުން ބަލިވީ ކާނާ ވިހަވުމުން ކަމަށް ބެލެވޭ ކަމަށެވެ. އަދި ފަރުވާ ދިނުމަށްފަހު ދަރިވަރުން މިހާރު އަނބުރާ ކޮލެޖަށް ގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އައްޑު ޕޮލިސް އެކަޑަމީ އަކީ ފުލުހުންގެ އަސާސީ ތަމްރީނުގެ އިތުރުން، ޚާއްސަ ތަފާތު ތަމްރީނު ކޯސްތައް ހިންގާ އެކެޑަމީ އެކެވެ.

