ފުވައްމުލަކު ސިޓީގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފް އިން ބުނީ، އަލިފާން ރޯވެފައިވަނީ އެސިޓީގެ ކުނިގޮނޑުގައި ކަމަށެވެ.
ރޭ 00:10 ގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނަށް ރިޕޯޓް ލިބުމާއި އެކީ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ
އަދި ކުރި މަސައްކަތް ކާމިޔާބުވެ ރޯވި އަލިފާން ނިއްވާލެވުނީ ރޭ 00:54 ހާއިރު ކަމަށް އެމްއެންޑީއެފް ބުނެފައިވެއެވެ.

