މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި 3 ރުފިޔާ ބެހުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ނިންމައިފިއެވެ.
އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފޭސްވެލިއުއަށް ފަސް ރުފިޔާ އަދި ޑިވިޑެންޑަށް ތިން ރުފިޔާ ބެހުމަށް ނިންމާފައިވެއެވެ. އެއީ އެ ޖަލްސާ އަށް ހާޒިރުވި 374 ހިއްސާދާރުންގެ ތެރެއިން 99.6 އިންސައްތަ ހިއްސާދާރުންގެ ވޯޓުންނެވެ.
ގިއްސާ ގެ ފައިދާ ލިބޭނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަނި ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
ނިމުނު 2023 ވަނަ އަހަރު އެމްޓީސީސީ އަށް އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު މި އަދަދަކީ 2022 ވަނަ އަހަރާ އަޅާބަލާއިރު 30 އިންސައްތައިގެ އިތުރު އަދަދެކެވެ. 2022 ވަނަ އަހަރު އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 2.47 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

