މާދަމާ ހެނދުނު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ( ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯ އިން ހާމަކޮށްފައިވާ ގޮތުގައި އެމްވީ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ވުމާއެކު މާފަންނު އެމްޕީއެލް ސަރަހައްދުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.
އަދި އެ ކުންފުނިން ލަފާ ކުރާ ގޮތުގައި ކަރަންޓު ކެނޑޭނީ ހުކުރު ދުވަހުގެ ހެނދުނުގެ 6:00 އިންނެވެ.
ނެޓްވޯކް އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އިތުރުން ޓްރާންސްފޯމާސް ބަދަލުކުރުމުގެ މަސައްކަތް ކުރާއިރު ކަރަންޓް ކެނޑިދާނެކަމަށް ސްޓެލްކޯއިން އަބަދުވެސް ކަސްޓަމަރުންނަށް އަންގައެވެ.

