މ. މުއްޔަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް ރަށަށް ކަރަންޓުގެ ހިދުމަތް ދޭން ފަށައިފިއެވެ.
ދެ ދުވަސް ކުރިން މުލީގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ވަނީ، ފެނަކަ ބްރާންޗުގައި ހުރި 2 ޖަނަރޭޓަރަކަށް މައްސަލަ ޖެހިގެންނެވެ. މިދިޔަ ބުދަ ދުވަހުގެ ހެނދުނު 8:00 ހާއިރުން ފެށިގެން ކަރަންޓު ކެނޑިފައި އޮންނަތާ ގިނަ އިރުވެ، ރަށު ސްކޫލުގެ ކިޔެވުން ވެސް މެދުކަނޑާލަން ޖެހުނެވެ.
މަސަލަ ހައްލު ކުރެވުނި ފ. އަތޮޅުން ފެނަކަ ޓީމެއް ގެންގޮސްގެން ކުރި މަސައްކަތުން ރޭ ދަންވަރު 3:00 ހާއިރު ކަމަށް މުލީ ކައުންސިލުން ވަނީ ބުނެފައެވެ.
ކައުންސިލުން ބުނީ ފ. އަތޮޅުން ޓީމެއް އައިސް އެރަށް ގޮސް އެރަށުގައި ހުރި 600 ކިލޯވޮޓުގެ ޖަނަރޭޓަރެއް ބޭނުންކޮށްގެން، ރޭ ދަންވަރު ތިނެއް ޖެހި ހާއިރު ވަނީ ކަރަންޓު ދީފައެވެ. އެންމެ ފުރަތަމަ މުލީގައި ތިބި ފެނަކަ ޓީމުން މަސައްކަތް ކޮށްފައިވަނީ، މައްސަލަ ޖެހުނު ޖަނަރޭޓަރުތައް ހަދައިގެން ކަރަންޓު ދެވޭތޯއެއްވެ.
މުލީގައި މީގެ ކުރިން ކަރަންޓު ދެމުން ދިޔައީ 500 ކިލޯވޮޓް އަދި 600 ކިލޯވޮޓްގެ ޖަނަރޭޓަރުތަކެއް ބޭނުންކޮށްގެންނެވެ. އެރަށު ކައުންސިލުން ބުނެފައިވަނީ އެރަށުގައި މިހާރު ރަނގަޅަށް ހުރި ޖަނަރޭޓަރަށް އެކަނި ބަރޯސާވެެގެން ތިބެއްޖެ ނަމަ އަދިވެސް މިފަދަ މައްސަލައެއް ދިމާވުމަކީ އެކަށީގެން ވާކަަމައް ކަމުގައެވެ.
މ އަތޮޅުގެ ވެރިކަން ކުރާ ރަށް މުއްޔަކީ އާބާދީގައި ހާހެއްހާ މީހުން ހިމެނޭ ރަށެކެވެ. އެ ސަރަހައްދުގެ ރީޖަނަލް ހޮސްޕިޓަލާއި ތައުލީމީ މަރުކަޒުވެސް ހުންނަނީ މުލީގައެވެ.

