ކ. މާލޭގައި މީހަކު ރަހީނުކުރި މައްސަލައެއްގައި ހިމެނޭ ތިން މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، އިއްޔެ ފުލުހުންނަށް މީހަކު ރަހީނު ކުރި މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މާލޭގައި ރަހީނު ކޮށްފައި ވަނީ ދިވެހި ފިރިހެނެއްކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލަައިގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ތިން ފިރިހެނުންނެވެ.
އެއީ 30، 27 އަދި 22 އަހަރުގެ ތިން މީހުންނެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ކްރިމިނަލް ކޯޓުގެ މުއްދަތު ކޮމިޓީން ވަނީ މި ތިން މީހުން ވެސް ދިހަ ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.

