މަކަރާއި ހީލަތުން ޑޮލަރުގެ ވިޔަފާރި ކުރަން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަކަރާއި ހީލަތުން ޑޮލަރުގެ ވިޔަފާރި ކުރަން އުޅުނު މީހާގެ މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އޭނާ 10 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
ބަންދުކުރި މީހާއަކީ އުމުރުން 46 އަހަރުގެ ދިވެހި ފިރެހެނެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

