މާލެސިޓީގެ ފިހާރައަކުން ގަަހަނާތަކެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، މާލެސިޓީ ޗަމްޕާ މަގު ޕެންޒީ ފިހާރައިގެ ރޭ ވަގުތެއްގައި ވައްކަން ކުރި ކަމުގެ ތުހުމަތުގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު މިއަދު ހައްުޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ ފިހާރައިން އޭނާ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ގަހަނާތަކެއް ވަނީ ހޯދައިފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

