މަސްތުވާތަކެތީގެ މައްސަލައެއްގައި ބިދޭސީއެއް ހޯދަން އިއުލާނު ކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހޯދަން އިއުލާނުކޮށްފައިވަނީ ބަންގްލަދޭޝް ގެ ރައްޔިތެކެވެ. ފުލުހުން ހޯދަނއ އިއުލާނުކޮށްފައިވަނީ އެ ގައުމުގެ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޓަފްޖޮލް މިޔާ (23އ) އެވެ.
ފުލުހުން ހާމަކުރާ ގޮތުގައި މީނާ ހޯދަނީ 18 ޖުލައި 2024 ވަނަ ދުވަހު ވިނަރެސް ފްލެޓް ކައިރީ އޮތް ހުސްބިމުގައި ބާއްވާފައި އޮތް ކާރަކުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ކޭސް ފެނިފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކުރުމަށްޓަކައި ކަމަށެވެ.
އަދި މީނާ އާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއްވާނަމަ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައިވެއެވެ.
މީގެ އިތުރުން މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ޝުކުރުވެފައިވެއެވެ.

