މިއަދު ކުރިއަށް ދިޔަ ހަ ބައި- އިލެކްޝަންގައި ކާމިޔާބު ހޯދި ޕީއެންސީގެ މެންބަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.
މިއަދު ކުރިއަށް ގެންދިޔަ ހަ ބައި- އިލެކްޝަނަކީ މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ތިން ދާއިރާ ގެ އިތުރުން ފ. ބިލެތްދޫ ކައުންސިލްގެ ރައީސް ، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާ ކައުންސިލް މެންބަރު އަދި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވުމަށް ކުރިއަށް ގެންދިޔަ ބައި އިލެކްޝަން އެކެވެ.
މާލޭ ސިޓީގެ މިއަދު ކުރިއަށް ގެންދިޔައީ މައްޗަންގޮޅި މެދު ދާއިރާއާއި، ހެންވޭރު ހުޅަނގު ދާއިރާ ގެ އިތުރުން ހުޅުމާލެ ދާއިރާ ގެ ބައި އިލެކްޝަނެވެ.
މި ހަ ބައި އިލެކްޝަނުން ފަސް ގޮނޑި ޕީއެންސީ އިން ވަނީ ކާމިޔާބު ކޮށްފައެވެ. މިކަމާ ގުޅިގެން މި މެންބަރުންނަށް މަރުހަބާ ދަންނަވައި ރައީސް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. މި ޕޯސްޓުގައި ރައީސް ވިދާޅުވީ މިއަދު ބޭއްވި 6 ބައި- އިލެކްޝަނުން 5 ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެނޑިޑޭޓުންނާއި، ކެމްޕެއިންގައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކުގެ އިތުރުން ވޯޓުދެއްވި ހުރިހާ ރައްޔިތުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައި ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

