ކޭއެފްސީ އަށް ގެއްލުން ދިން މައްސަލައިގައި ފުލުހުން މީހަކު ހައްޔަރު ކޮށްފިއެވެ.
މިކަން ހާމަކޮށް ފުލުހުން މީޑިޔާއަށް މައުލޫމާތު ދެމުން ބުނީ ކޭއެފްސީ ގެ ބިއްލޫރިގަނޑު ތަޅާލައި އެތަނަށް ގެއްލުންދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އަދި މި މީހާ ހައްޔަރުކޮށްފައިވަނީ ކޯޓުއަމުރުގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
ކޭއެފްސީގެ ބިއްލޫރިގަނޑު ގާބުރިއަކުން ޖަހައި ތަޅާލާފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 04:32 އެހާ ކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.
މިދިޔަ ހަފްތާގައިވެސް ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލާފައިވެއެވެ.
ކޭއެފްސީއަކީ އިޒްރޭލަށް ވާގިވެރިވާ ކުންފުންޏެއް ކަމަށް ބުނެ ފަލަސްތީނުގެ ހައްގުގައި އެތަން ބޮއިކޮޓް ކޮށް ބަންދުކުރުމަށް ގޮވާލާ ހަރަކާތްތަކެއް ކުރިއަށް ގެންދެއެވެ

