މާލޭ އަމީނީ މަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލިކަމުގެ ތުހުމަތުގައި ހައްޔަރު މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.
ފުލުހުން ބުނީ މި މަހު 19 ވަނަ ދުވަހުގެ ރޭ 04:32 ހާއިރު އަމީނީ މަގު ކޭއެފްސީގެ ބިއްލޫރިގަނޑަށް ބަޔަކު ހަމަލާ ދީފައިވާ ކަމަށާއި، ގާބުރިއަކުން ޖަހައި ތަޅާލާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
މިހާރު އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރިމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަސް ބަންދުކުރުމަށް ވަނީ އަމުރު ކޮށްފައި ކަމަށްވެސް ބުނެފައި ވެއެވެ.
ކޭއެފްސީގެ ބިއްލޫރިގަނޑު އެކި ދުވަސް މަތިން ތަޅާލާފައިވެއެވެ. އެގޮތުން މިމަހުގެ 16 ވަނަ ދުވަހުގެ ވަގުތެއްގައި ވެސް އެތަނުގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލައެއް ފެންމަތިވެފައެވެ.
މިގޮތަށް ކޭއެފްސީ ބިއްލޫރިގަނޑު ތަޅާލަމުންދަނީ އިސްރާއިލުން ރާއްޖެއަށް ދެމުންދާ ހަމަލާ ހުއްޓުމެއްނެތި ކުރިއަށްދާތީ އިޒްރާއިލާއި ދެ ކޮޅަށް ދިވެހިން ތިބިކަން އެންގުމުގެ ގޮތުންނެވެ.

