ދެކުނު ސަރަހައްދުގައި މޫސުން ގޯސްވެ ބައެއް ރަށްތަކަށް އުދަ އަރާފާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓު) އިން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ބުނީ ދިޔަވަރު ބޮޑުވާ ބައެއް ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް މިއަދު ކެރީގެ އަސަރު ކުރާނެ ކަމަށާއި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ.
މިއީ ފުސް ނަކަތެވެ. މި ނަކަތް ދެމިގެން ދަނީ 14 ޖުލައި – 28 ޖުލައިގެ ނިޔަލަށެވެ. މިއީ ހުޅަނގު މޫސުމުގަ 8 ވަނަ ނަކަތް. މި ނަކަތުގައި ވާރޭ ވެހުން ގިނަވާނެއެވެ މި ނަކަތުގައި މަސްވެރިކަން އާދައިގެ ވަރަކަށް ކުރެވޭނެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މެޓުން ބުނެފައެވެ.

