އައްޑޫ ސިޓީގައި ހުންނަ ޕޮލިސް ކޮލެޖުގެ ގިނަ އަދަދެއްގެ ދަރިވަރުންތަކަކަށް ކާނާ ވިހަވެގެން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އައިސީޔޫގައި ފަރުވާ ދެމުންދިޔަ 2 ކުދިންނާއި އެކު ހުރިހާ ދަރިވަރުން ދޫކޮށްލައިފިއެވެ.
އެ ހާދިސާގައި ޖުމްލަ 32 ދަރިވަރަކު ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނު އިރު، އޭގެ ތެރެއިން 5 ދަރިވަރަކަށް އައިސީޔޫގައި ފަރުވާދޭން ޖެހުނެވެ. އައިސީޔޫގައި ފަރުވާދެމުންދިޔަ 2 ދަރިވަރުން ފިޔަވައި އެހެން ދެން ތިބި ދަރިވަރުން ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ ޖުލައި 18 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގި ގޮތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ބަލަމުން ގެންދާކަމަށާއި، އަދި އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.

