އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އެވުޒާރާއިން ހުޅުވާފައިވާ “މީޑިއާ މައުރަޒު” އާންމުނަށް ހުޅުވާނެ ވަގުތު ކަނޑައަޅައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މައުރަޒު އާންމުންނަށް ހުޅުވާލާނީ މިއަދު ކަމަށެވެ. އެގޮތުން ހެނދުނު 9:00 އިން ފެށިގެން 18:00 އަށް އާންމުންމަށް ދައްކާލުން އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީޑިއާ މައުރަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފެވެ.
މީޑިއާ މައުރަޒަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޤައުމުގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވިތާ އަށް މަސް ފުރޭ މުނާސަބަތާ ގުޅިގެން އެ މަނިކުފާނުގެ މެނިފެސްޓޯގައިވާ ކަންތައްތަކުގެ ތެރެއިން އިސްލާމީ ދާއިރާއިން މިހާތަނަށް ހާސިލުކުރެވިފައިވާ ކަންކަން މީޑިއާއާ ހިއްސާކުރެއްވުމަށް ބާއްވަވާ މައުރަޒެކެވެ.
އެމައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވަރަށް ގިނަ ކަންތައްތަކެއް ފަށާފައިވާ ކަމަށާއި ގިނަ ކަންތައްތަކެއް މިހާރުވެސް ފުރިހަމަވެފައިވާ ކަމަށެވެ.

