ކޮލެސްޓްރޯލް އަކީ އިންސާނުންނާއި، ޖަނަވާރު ތަކުގެ ހަށިގަނޑުގައި އެކުލެވޭ ލޭގެ ފެނުގެ ބައި ނުވަތަ ލޭގެ ޕްލާޒްމާގައި ހުންނަ ތެޔޮ ނުވަތަ ސަރުބީއެކުލެވޭ މާއްދާ އެކެވެ. މިއީ ސްޓީރޮއިޑް އާއިލާއަށް ނިސްބަތްވާ އޯގެނިކް ކަމްޕައުންޑެކެވެ. ކޮލެސްޓްރޯލް ގެ އަސްލު ސިފައިގައި ހުންނައިރު ހުންނާނީ ސާފު ހުދު ކުލައިގަ އެއްވެސް ރަހައެއް ނުވަތަ ވަހެއްވެސް ނެތިއެވެ.
އިންސާނާގެ ހަށިގަނޑު ރަގަޅަށް މަސައްކަތް ކުރުމަށްޓަކައި، ކޮންމެވެސް މިންވަރަކަށް ކޮލެސްޓްރޯލް ބޭނުންވެއެވެ. އެގޮތުން، އިންސާނުންނާއި ޖަނަވާރުންގެ ހަށިގަނޑުގެ ތެރޭގައިވާ ކޮންމެ ސެލްއެއްގެ ބޭރު ފަށަލައިގައި ކޮލެސްޓްރޯލް ހުރެއެވެ. ސެލްގެ ބޭރު ފަށަލައިގައި ހުންނަ މިބުނި ކޮލެސްޓްރޯލް އިން ބައިލް އެސިޑް، ސްޓީރޮއިޑް ހޯރމޯން އަދި ވިޓަމިން-ޑީ އުފެއްދުމަށް އެހީތެރި ވެދެއެވެ. މިބުނި މަސައްކަތްތައް ހިންގުމަށް ހަށިގަނޑަށް ކޮލެސްޓްރޯލް ބޭނުންވަނީ ވަކި މިންވަރަކަށެވެ.
އެހެންކަމުން ހަށިގަނޑަށް ބޭނުންވާ މިންވަރު ހައްދު ފަހަނައަޅައި ގޮސް އެއަށްވުރެ ގިނައިން ހަށިގަނޑުގައި ކޮލެސްޓްރޯލް ހުރުމަކީ ތަފާތު ބަލިތައް ފެންމަތިވެގެން އަންނާނެ ކަމެކެވެ. ކޮލެސްޓްރޯލް އުފައްދަނީ މޭގަނޑު އަދި ހަށިގަނޑުގެ ބައެއް އެހެން ގުނަވަންތަކުންނެވެ.

އިންސާނުންނާއި ޖަނަވާރުންގެ ހަށިގަނޑުގެ ތެރޭގައިވާ ކޮންމެ ސެލްއެއްގެ ބޭރު ފަށަލައިގައި ކޮލެސްޓްރޯލް ހުރެއެވެ. ސެލް މެމްބްރޭން ނުވަތަ ސެލްގެ ބޭރު ފަށަލައިގައި ހުންނަ މިބުނި ކޮލެސްޓްރޯލް އިން ބައިލް އެސިޑް ، ސްޓީރޮއިޑް ހޯރމޯން އަދި ވިޓަމިން-ޑީ އުފެއްދުމަށް އެހީތެރިވެދެއެވެ. ކޮލެސްޓްރޯލް އުފައްދަނީ ފުރަމޭ އަދި ހަށިގަނޑުގެ ބައެއް އެހެން ގުނަވަންތަކުންނެވެ.
އިންސާނުންގެ ކެއުމުގައި ބޭނުންކުރެވޭ ބައެއް ކާތަކެތިން ވެސް ހަށިގަނޑަށް ކޮލެސްޓްރޯލް ލިއްބައިދެއެވެ. ލޭގައި ކޮލެސްޓްރޯލް ހުންނަނީ ލޭގައި ހިމެނޭ ޕްރޮޓީން އެއް ކަމުގައިވާ ""ލިޕޯޕްރޮޓީން"(Lipoprotein) އާއި ތަތްވެފައެވެ. ނުވަތަ އެކުވެފައެވެ. އެހެންކަމުން ކޮލެސްޓްރޯލް ލޭގެ ތެރޭގައި ދައުރުވާނީ މިބުނި ޕްރޮޓީން އާއި އެކުވެގެންނެވެ.

ކޮލެސްޓްރޯލް ހައިވާ ކަމުގެ އަލާމާތްތައްކޮލެސްޓްރޯލް ގެ މިންވަރު ލޭގައި މަތިވުމުގެ ނަތީޖާއަކީ ހިތުގެ ބަލިތަކާއި ލޭހޮޅިތައް ހަރުވުން ފަދަ ބަލިތަކަށް ފުރުޞަތު ހުޅުވިގެންދިއުމެވެ.
މިބަލިތަކުގައި ލޭހޮޅިތަކުގެ ތެރޭގައި ކޮލެސްޓްރޯލް ނުވަތަ ސަރުބީ ޖަމާވެ، ލޭހޮޅިތަކުގައި ލޭދައުރުކުރުމުގައި ހުރަސްތަކާ ކުރިމަތިވެދެއެވެ. އަދި އޭގެސަބަބުން ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭފޮނުވާދޭ މިންވަރު ދަށްވެއެވެ. އަދި ހިތްހުއްޓުން، ހިތުގެ މަސްގަނޑުން ބައެއް މަރުވުން ފަދަ ވާގިނެތޭ ބަލި ޖެހުން ދިމާވެއެވެ،
ލޭގައި ކޮލެސްޓްރޯލް ހިމެނޭ މިންވަރު ދަށްކުރުމުގެ ގޮތުން ކެއުމުގައި ތެޔޮ ނުވަތަ ސަރުބީ އެކުލެވޭ ކާނާ ބޭނުންކުރުން މަދުކުރަން ޖެހެއެވެ. 
ކޮލެސްޓްރޯލް މަތިވާން ދިމާވާ ސަބަބުތައްލޯ ޑެންސިޓީ ލިޕޯޕްރޮޓީންއަކީ ނުރަގަޅު ނުވަތަ ގޯސް ކޮލެސްޓްރޯލްއެވެ.
އެލް.ޑީ.އެލް ގެ މަސައްކަތަކީ މޭގަނޑުން ސެލްތަކަށް ކޮލެސްޓްރޯލް ގެނެސްދިނުމެވެ. މިގެ މިންވަރު މަތިވެއްޖެނަމަ ސަރުބީތައް ސެލްތަކުގައި ޖަމާވެ ލޭނާރުތަކުގައި ލޭ ދައުރުވުން ލަސްކޮށް ހަށިގަނޑުގައި ލޭ ދައުރުވާންޖެހޭ ގޮތަށް ދައުރުވުން ހުއްޓިދެއެވެ. އަދި ގިނަ ދުވަސްވުމުން ހަށިގަނޑުގެ މުހިއްމު ގުނަވަންތައްކަމުގައިވާ ގުރުދާއާއި ގޮހޮރަށް ވެސް ލޭ ދައުރުވުން ހުއްޓިދެއެވެ. މިބާވަތުގެ ލިޕޯޕްރޮޓީން ގިނަވުމުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑެވެ.
ބަރުދަން އިތުރުވުމަކީ ކޮލެސްޓްރޯލް މައްޗަށް ދިޔުމަށް މެދުވެރިވާ ސަބަބެކެވެ. އަދި ވާރުތަވުމާއި، އުމުރުން ދުވަސްވުމާއި ކެއިންބުއިމުގެ ގޯސް އާދަތަކާއި ކަސްރަތާ ދުރުވުމަކީ ވެސް ލޭގައި ހިމެނޭ ކޮލެސްޓްރޯލްގެ މިންވަރު މަތިކޮށްދޭ ކަންތައްތަކެވެ. ކޮލެސްޓްރޯލްގެ މިންވަރުދަށްކޮށް އެއްވަރެއްގައި ބެހެއްޓުމަށް ބައެއް ކަންތައްތަކަށް ސަމާލުކަންދިނުން މުހިއްމެވެ.

ކޮލެސްޓްރޯލް: ފައިދާ ހުރި ކާނާ ސަރުބީޖެހުމުން ދުރުކޮށްލަދޭނެ……ފޮޓޯ:ފްލަޔަރ
ލޭގައި ކޮލެސްޓްރޯލްގެ މިންވަރު މަތިވުމުން ލޭހޮޅިތަކުގެ ތެރޭގައި ލޭހޮޅިތަކުގައި ލޭދައުރުކުރުމަށް ހުރަސްތަކާއި ކުރިމަތި ކުރުވައެވެ. މިގޮތަށް ލޭހޮޅީގެ ތެރޭގައި ސަރުބީ ޖަމާވުމުން، ލޭހޮޅި ހަރުވާގޮތް ދިމާވެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭފޮނުވާދޭ މިންވަރު ދަށްވެ، ހިތްހުއްޓުން އަދި ވާގިނެތޭ ބަލި ޖެހުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ. އެހެންކަމުން ކޮލެސްޓްރޯލްދަށްކޮށް ވަކި މިންގަނޑެއްގައި ބެހެއްޓުމަކީ ވަރަށް މުހިއްމުކަމެކެވެ.
ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށް، ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މަތިކުރުމަށް ގަވާޢިދުން ކަސްރަތު ކުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. ކޮންމެ ދުވަހަކު މަދުވެގެން ބައިގަޑިއެއްހާއިރު ހަށިގަނޑަށް ފައިދާ ހުރި ކޮންމެވެސް ކަސްރަތެއް ކުރުމަކީ މިފަދަ މައްސަަލަތަކުން ސަލާމަތްވާނެ ރައްކާތެރި ފިޔަވަޅެކެވެ.
(މައުލޫމާތު:ހެލްތީލައިފް.ގޫގުލް.ވިކިޕީޑިއާ)

