ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނިކޮށް ނަމާދު ވަގުތު ވަނުމުން، އެކަން އަންގައި ދިނުމުގެ ގޮތުން ބަންގީގެ އަޑު އިއްވަން ފަށައިފިއެވެ.
މީގެ ކުރީން ބަންގީގެ ވަގުތު ޖެހުމުން ޓީވީތަކުގެ ލައިވް ހަމައެކަނި ބަންގިއާއި ބަންގިދުއާ ގެނެސްދިނުމަށް މެދުކަނޑާލިި ކަމުގައި ވިޔަސް ވިޔަސް މަޖިލިހުގެ ޖަލްސާ މެދުކަނޑާނުލައި ކުރިއަށް ގެންދެއެވެ.
މީގެ ކުރިން ރާއްޖޭގައި އެއްވެސް ޖަލްސާއެއް ނުވަތަ އެއްވެސް ކޮމިޓީ ބައްދަލުވުމެއް، އެއްވެސް އެއްވުމެއް ވިޔަސް ބަންގީގެ އަޑު އެތަނަކުން އިއްވައި މަސައްކަތް ހުއްޓާލާފައި ނުވާއިރު މި ސަރުކާރުން ތަފާތު ދައްކައި، 20 ވަނަ މަޖިލިހުން ވަނީ ދިވެހިންނަށް ރިވެތި ނަމޫނާ އެއް ދައްކައިދީފައެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނިކޮށް މެންދުރު ނަމާދުގެ ވަގުތު ޖެހުމާ އެކުގައި މަޖިލިހުގެ ތަޅުމުން ބަންގީގެ އަޑު އިވިފައިވެއެވެ. އެ އަޑަކީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ، އެކަމަކު މިހާރު އިސްލާމް ދީނަށް މީހުން ހޭލުންތެރި ކުރުވުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ އަލީ ރަމީޒުގެ ބަންގީގެ އަޑެވެ.
އޭރު މަޖިލިހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގެންދެވީ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ. ޝުޖާއު ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް މައިކް ކަނޑާލައި، މަޖިލިހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވަން ފެށިއެވެ.
މިއީ މިފަދަ ގޮތަކަށް މަޖިލީހުގެ ރިޔާސަތުން އަމަލު ކުރި ފުރަތަމަ ފަހަރެވެ.
މަަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނިކޮށް ނަމާދު ވަގުތު ޖެހިއްޖެނަމަ މަޖިލިހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވުމަށް ނިންމަވައިފައެވެ. އަބްދުއްރަހީމްގެ އެ ނިންމެވުމާ އެކު، ތަޅުމުގައި އެންމެ ގިނަ އިން ދެން އިވޭނީ މެންދުރު ނަމާދުގެ ބަންގީގެ އަޑެވެ.
ޝުޖާއު ވިދާޅުވީ ބަންގީގެ އަޑު ތަޅުމުގައި ގުގުމައިގެން ދިއުމަކީ އަބްދުއްރަހީމްގެ ރިޔާސަތުގައި ކުރެއްވި ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެކަމަށްޓަކައި އަބްދުއްރަހީމަށް ޝުކުރު ދަންނަވާ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

