މ. މުލަކުގެ މަގު ހެދުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށް ދާކަމަށް ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާމަކޮށްފިއެވެ.
އާރުޑީސީ އިން ވަނީ އެރަށުގެ މަގު ހެދުމުގެ މަޝްރޫއާ ބެހޭ މައުލޫމާތު އެކްސްގައި ޕޯސްޓުކޮށްފައެވެ. އެ ޕޯސްޓުގައި އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ވަގުތު ކުރިއަށްދަނީ އަމީނީ މަގުގައި ސްޓޯރމް ވޯޓަރ ޓޭންކް މަތި މަރާމާތު ކުރުމުގެ މަސައްކަތުގެ އިތުރުން ސްޓްރީޓް ލައިޓް ފުޓިންގގެ މަސައްކަތް ކަމަށެވެ.
މީގެ އިތުރުން، ކާސްޓިންގ ޔާޑުގައި ކާރބް ސްޓޯން އަދި ސްޓޯރމް ވޯޓަރ ކެޗްޕިޓް ކާސްޓް ކުރުމުގެ މަސައްކަތް ވެސް ކުރަމުން.ދާކަމަށް އެކުންފުނިން ބުނެފައިވެއެވެ.
މި މަޝްރޫއު އަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ދަށުން 6.077 މީޓަރުގެ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.

