އެތުލެޓިކްސް އެސޯސިއޭޝަނާއި ރައުހަތޮ ސްޕޯޓްސް ގުޅިގެން ތިނަދޫ ގައި 25 ޖުލައި އިން 27 ޖުލައި އަށް މި ހިންގާ ޕްރޮގްރާމް ގައި ސެޝަންތައް ނަގައި ދޭނީ (ދުނިޔޭގެ) ވޯލްޑް އެތުލެޓިކްސް ލެވެލް 2 ގެ ލެކްޗަރަރ މޫސާ ރަޝީދު، އެސްޕީ އެވެ. އެސްޕީ އަކީ ރާއްޖެއިން ބޭރުގައި ވެސް އެތުލެޓިކްސް ކޯސް ތަކުގައި ކިޔަައިދޭ ލެކްޗަރަރ އެކެވެ.
ރައުހަތު ސްޕޯޓްސް ކްލަބް އިން މައުލޫމާތު ދިން ގޮތުގައި މި ޕްރޮގްރާމްގެ މަގްސަދަކީ ތިނަދޫގައި ގައުމީ ޓީމްގެ އެތުލެޓިކްސްޕޫލް ގެ އިތުރުން ސްކޫލުތަކުގެ އެތުލެޓިލްސް ޕްރޮގްރާމް ހިންގޭނެ ފަދަ ލީޑަރުންތަކެއް އުފެއްދުން ކަމަށެވެ. ތިނަދޫ 3 އެތުލީޓެއް މިހާރުވެސް ގައުމީ ޓީމްގައި ހިމެނެއެވެ. މިފަހަރުގެ އޮލިމްޕިކްސް ގޭމްސްގައި އެތުލެޓިލްސް އިން ވާދަ ކުރާ އިބާދުﷲ އަކީވެސް ތިނަދޫއަށް ނިސްބަތްވާ އެތުލީޓެކެވެ.

އެތުލެޓިކްސް އެސޯސިއޭޝަނާއި ރައުހަތު ސްޕޯޓްސް ގުޅިގެން ތިނަދޫގައި ކޯޗިން ކްލިނިކެއް
އެތުލެޓިލްސް އެސޯސިއޭޝަަން އެތުލެޓިކްސް ކުރި އެރުވުމަށް މުޅިި ރާއްޖޭގައި 4 ޒޯނެއްގައި ހިންގާ ޕްރޮގްރާމް ތަކަކީ ވަރަށް ކާމިޔާބު މަސައްކަތްތަކެއްކަން ފާހަގަކުރަމުން ކްލަބްގެ ފަރާތުން ވަނީ އެތުލެޓިކްސް ގެ ޓެކްނިކަލް ޑިރެކްޓަރ އަހްމަދު ފާއިލް އާއި ޖެނެރަލް ސެކްރެޓަރީ އަހްމަދު މުންތަގިމް މި ޕްރޮގްރާމް ތިނަދޫގައި ހިންގުމަށް ކޮށްދެއްވި މަސައްކަތް ފާހަގަ ކޮށްފައެވެ.
މި ޕްރޮގަރްމާގައި ބައިވެރި ވުމުގެ ފުރުސަތު 25 ޖުލައި އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ. ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 7546630 ނަންބަރަށް އައިޑީކާޑު ވައިބަރ ކޮށްލާށެވެ.

