ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގާޑިއާ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތައް އަންނަ މަހު ހައެއްގެ ކުރިންއެޕްލިކޭޝަން ފޯމާ އެއްކޮށް ފުޑް ޓުރަކުގެ ކޮންސެޕްޓު ޑިޒައިން ވެސް ހުށަހަޅަން ޖެހޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުން މި ހިދުމަތްދޭން ކާނާ އުފައްދުމާއި ވިއްކުމަށް ހުޅުމާލޭގައި ކަނޑައަޅާ 12 ސަރަހައްދެއްގައި ކަމަށެވެ.
އެގޮތުން ކަނޑައަޅާފައިވާ ސަރަހައްދުތަކަކީ:
އެސްޓީއޯ ހޮޓެލް ސަރަހައްދު ފެރީ ޓާމިނަލާއި، ސެންޓްރަލް ޕާކް އަދި އެޗްޑީސީ،ހެޑް އޮފީހާއި ފަހިވެނި ކޮމިއުނިޓީ ސެންޓަރު ސަރަހައްދުވެސް ހިމެނެއެވެ. އިތުރުން ފެހިރެސް ޕާކާއި، ރެހެންދި ސްކޫލާއި، ރުއްގަނޑު އެކެއް ސަރަހައްދާއި، ރުއްގަނޑު ދޭއް ސަރަހައްދާއި، ރެޑްބުލް ޕާކް ސަރަހައްދުގެ އިތުރުން ފުޓްބޯލް ސްޓޭޑިއަމް ސަރަހައްދާއި، ވޯޓާ ތީމް ޕާކްވެސް ހިމެނެއެވެ.
އެޗްޑީސީން ބުނީ އެ ޓްރަންހިންގަން ޝަރުތު ހަމަވާ ފަރތްތަކާ ހަވާލުކުރާ އިރު ވަކި މިންގަނޑުތަކެއް ބަލާނެ ކަމަށެވެ. އެއަށްފަހު ހަވާލު ކުރެވޭނެ
ހުޅުމާލޭގައި ގާޑިޔާ ހިންގުމުގެ ފުރުސަތު ހުޅުވާލައިފި

